ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭރުުގެ މައްސަލައެއްގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކުރަން ދިއުމުން މާރާމާރީ ހިންގައި ފުލުސް އޮފިސަރަކު ޒަހަމްކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފޭރުމުގެ މައްސަލައެއްގައި ތުހުމަތުވާ ބަޔަކު ރޭ ހައްޔަރުކުރަން ދިއުމުން، އެ މީހުން ފުލުހުންނާ ދެކޮޅަށް މާރާމާރީ ހިންގައި ފުލުސް އޮފިސަރަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ މާލޭ ހ. ލޮނުޒިޔާރަތް މަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ތަނަކަށް ވައްދައި އެކައުންޓުގައި ހުރި 200 ރުފިޔާ ޓްރާންސްފާ ކުރުވި މައްސަލައެއް ރޭ 23:57 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން ދިޔައިރު، ފޭރުނު ކަމަށް ތުހުމަތުވާ މީހުން އެ ސަރަހައްދުގައި ހުރި ގެއެއްގައި ތިބި ކަމުގެ މައުލޫމާތު ލިބިގެން އެ ގެއަށް ފުލުހުން ވަންނަން އުޅުމުން، އެ މީހުން ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގި ކަމަށް ފުލުހުން ބުންޏެވެ. އެއާއެކު ބާރުގެ ބޭނުންކޮށްގެން ފުލުހުންނާ ދެކޮޅަށް މާރާމާރީ ހިންގުމާއި، ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެއީ ނ. ވެލިދޫ ފަރީސާ މަންޒިލްގޭ އުމުރުން 23 އަހަރުގެ ހަސަން ލުޖެއިން މުހައްމަދާއި، މާލޭ ހ. ކަނޑުފިނިގޭ އުމުރުން 55 އަހަރުގެ މުހައްމަދު ޝަފީއުއެވެ.

ފުލުހުން ބުނި ގޮތުގައި، ބާރުގެ ބޭނުންކޮށްގެން އެ މީހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެ ދެ މީހުންގެ އިތުރުން ފުލުހަކަށް ވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އަނިޔާވުމާ ގުޅިގެން ފުލުސް އޮފިސަރަށާއި ހައްޔަރުކުރެވުނު މީހުންނަށް ވެސް ފަރުވާ ދިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ. އަދި ފޭރުނު މައްސަލައާއި ފުލުހުންނަށް ހަމަލާދީ، ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: