ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗާ އެކު ފުލުހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު އަންހެން ފުލުހަކާއި އިތުރު މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ 31، އާއި ހއ. ދިއްދޫ، ހަޒާރުމާގެ, ސައިފުއްﷲ އަހްމަދު 26،އެވެ.

ފުލުހުން ކަށަވަރުކޮށްދިން ގޮތުގައި މީގެ ތެރެއިން ޝިޔާޒާ އަކީ ފުލުހެކެވެ. މި ދެ މީހުން ހައްޔަރުކުރީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.

ފުލުހުން ބުނީ ދެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗަށް ތުހުމަތު ކުރެވޭ ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝިޔާޒާގެ ބަންދަށް ފަސް ދުވަސް އަދި ސައިފުﷲގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: