ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ޓާމިނަލް ހުޅުވުމުގެ މަސައްކަތްތަކަށް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް މުހިންމު ދެ ބަދަލެއް!

އައު ޓަމިނަލްގެ މަސައްކަތަށް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނައުން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ މަސައްކަތްތަކަށް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.

ޓްރެފިކްފްލޯއަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުން އެމްއޭސީއެލްގެ ޕަބްލިކް ރިލޭޝަންސް އެކްޒެކެޓިވް، އައިޝަތު ރިޝްފާ ވިދާޅުވީ ޓްރެފިކްފްލޯއަށް ގެނައި ބަދަލުތަކުގެ ތެރޭގައި މުހިންމު ދެކަމެއް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެއާޕޯޓުން މާލެ ދާ ފަރާތްތަކުން ކުރީގެ ކާގޯ ސަރަހައްދުން ޓެކްސީ ނެގުމެވެ. އަދި އެއާޕޯޓަށް އަންނަ ފަރާތްތަކުން އެއީ ޑޮމެސްޓިކް ނުވަތަ އިންޓަނޭޝަނަލް ދަތުރުތަކަށް ނަމަވެސް ކާރު ޑްރޮޕް އޮފްއަކީ މިހާރު ވެސް ބޭނުން އިންޓަނޭޝަނަލް ޓާމިނަލް ކައިރީގައިގައި ހުންނަ ހާއްސަ ލައިނެވެ.

ރިޝްފާ ވިދާޅުވީ ޓްރެފިކަށް ގެނައި ބަދަލާއި އެކު، ކޮންމެވެސް ވަރެއްގެ ދަތިތަކެއް އަންނާނެކަން ގަބޫލު ކުރެވޭކަމަށެވެ. އެހެން ނަމަވެސް ބޭނުން ވަނީ އެއްވެސް ފަސިންޖަރަކަށް ދަތި ނުވާގޮތަށް ހިދުމަތް ލިބި ހިދުމަތް ދިނުންކަމަށް ރިޝްފާ ފާހަގަކުރި އެވެ.

ޓްރެފިކް ފްލޯއަށް މި ގެނައި ބަދަލުތަކުގެ ތެރެއިން ދެ ކަމެއް އަޅުގަނޑު ފާހަގަކޮށްލާނަން.. ފުރަތަމަ ކަމަކަށް ޓެކްސީ ހޯއްދަވަން ބޭނުންފުޅުވާ ބޭފުޅުން އެއީ މާލެ ދުރުވާ ބޭފުޅުން މި ޖެހެނީ އަޅުގަނޑުމެންގެ ކުރީގެ ކާގޯ ސަރަޙައްދުން ޓެކްސީ މީގެ ފަހުން ހޯއްދަވަން.. އެއަށްފަހު ދެން ވަޑައިގަންނަވާ ބޭފުޅުން.. އެ ބޭފުޅުންގެ ޑޮމެސްޓިކް ފްލައިޓް ނެންގެވި ކަމުގައި ވިޔަސް އިންޓަނޭޝަނަލް ފްލައިޓް ނެންގެވި ކަމުގައި ވިޔަސް އެ ބޭފުޅުން ޑްރޮޕް އޮފް އިންނާނީ ހަމަ އަޅުގަނޑުމެން މިހާރު ވެސް މި ފޮލޯ ކުރަމުން އަންނަ އިންޓަރނޭޝަނަލް ޓާމިނަލް ސަރަޙައްދުން ..

މި ސަރަހައްދުތަކުން ޓެކްސީ ބޭނުންވާ ފަރާތްތަކަށް، އެއްވެސް އިތުރު ދަތިކަމެއް ނެތި ހިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށް ރިޝްފާ ވިދާޅުވި އެވެ. އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އެމްއޭސީއެލް އެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މި ފެށޭ ހަފްތާގައި އުމްރާއަށް ދާ ފަރާތްތަކުން އެއާޕޯޓަށް ވަޑައިގެންނަވާއިރު ވީހާވެސް ކުރިޔާލައި އެއާޕޯޓަށް އައުމަށް ރިޝްފާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި ގިނަ ބަޔަކު އެއްކޮށް އައުމުގެ ބަދަލުގައި ބާރު ބޮޑު ނުވާނެގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެދިވަޑައިގަތެވެ.

ރިޝްފާ ވިދާޅުވީ ހެންވޭރު ޓާމިނަލުން ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމާއި އެކު އުމްރާއަށްދާ ފަރާތްތަކުން ވެސް ފެރީ ބޭނުން ކުރުމަށް އެދޭކަމަށެވެ. އަދި އެމްއޭސީއެލްގެ މުވައްޒަފުން ވެސް މިވަގުތު އެއާޕޯޓަށް އައުމަށް ބޭނުން ކުރަމުން ދަނީ ފެރީކަމަށް ރިޝްފާ ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވާއިރު، މިއީ ޒަމާނީ ވަސީލަތްތަކާއި އެކު އެންމެ ފަހުގެ ހިދުމަތްތައް ލިބޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ތަނެކެވެ. އަދި އައު ޓާމިނަލްއާއި އެކު އެއާޕޯޓުގެ ބައެއް ޓްފިކް ރޫޓުތަކަށް ބަދަލު ގެންނައިރު، ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކަށް ވެސް ބައެއް ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: