ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ރައީސް މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

މޯދީ ރާއްޖެ ވަޑައިގަތީ އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، ސީދާ އެ ގައުމުންކަން ފާހަގަކޮށްލެވެ އެވެ.

މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ވަނީ ކިޔާފަ އެވެ. ބޯޓުން ފައިބާވަޑައިގަތުމުން މޯދީއަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގެންފައި ވެއެވެ. އެ ދަތުރުފުޅުގެ ތެރޭގައި އެކި މަޝަވަރާތައް ކުރިޔަށް ގެންދެވި، ބައެއް ދާއިރާތަކުން އެއްބަސްވުންތައް ގާއިމުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްގީއާއި ގުޅުން ހުރި މުހިންމު މަސައްކަތްތައް ހިމެނެ އެވެ.

މޯދީ ރާއްޖެ ވީއައީއޭއާއ، މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވަނީ ރައީސް މުއިއްޒާއި މޯދީގެ ފޮޓޯތައް ޖަހައި މަރުހަބާ ކިޔައި ޒީނަތްތެރިކޮށްފަ އެވެ.

އެއް ދުވަހުގެ މި ދަތުރުފުޅުގައި، ދެން މިއަދުގެ މެންދުރު އޮންނާނީ މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމެވެ. އޭގެ ފަހުން ރައީސް އޮފީހަށް ވަޑައިގެން، ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވައި، ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: