ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންއިން ޓިކެޓް ބުކްކުރާ މަރުހަލާގައި އައިޑީކާޑު އަދި ޕާސްޕޯޓު ކޮޕީ ހުށަހަޅާކަށް ނުޖެހޭނެ: މޯލްޑިވިއަން

ފޮޓޯ: މޯލްޑިވިއަން އެއާރޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގައުމީ އެއާލައިންސް މޯލްޑިވިއަންސް އިން ޓިކެޓް ބުކްކުރާ މަރުހަލާގައި އައިޑީ ކާޑު އަދި ޕާސްޕޯޓް ކޮޕީ ހުށަހެޅުމެއް ނެތި ބުކިންގ ކުރެވޭނެ ގޮތް އައިލެންޑު އޭވިއޭޝަނުން ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން އައިލެންޑު އޭވިއޭޝަނުން ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން، ބަޔާނުގައިވާގޮތުން، 2025 އޮގަސްޓު މަހުގެ 1 ވަނ ދުވަހުން ފެށިގެން އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް، މޯލްޑިވިއަންގެ ފްލައިޓަކުން ޓިކެޓް ބުކްކުރުމަށް ބޭނުންނުވާނެކަމަށާއި އެ ކޮޕީގެ ބަދަލުގައި ރަސްމީ ލިޔުމެއްގައި، އެމީހެއްގެ މައުލޫމާތުތައް ހިއްސާކުރެއްވުމުން ޓިކެޓަށް ނަން ނޯޓު ކުރެވޭނެކަމަށާއި ބުކިންގއަށް ހުށަހަޅާ މައުލޫމާތާއި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ  ކަށަވަރުކުރެއްވުމަކީ މުހިންމުކަމެއް ކަމަށެވެ.

އެހެންނަމަވެސް، އެ ކުންފުނިން ފާހަގަކޮށްފައިވަނީ، ފްލައިޓުން ދަތުރުކުރުމަށްޓަކައި، ޗެކް-އިންއަށް ކުރިއެކޭ އެއްފަދައިން މުއްދަތު ހަމަނުވާ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓެއް ބޭނުންވާނެކަމަށެވެ.

މީގެއިތުރުން، މޯލްޑިވިއަންގެ ފްލައިޓެއް ބުކުކުރުމުގައި، ހުށަހެޅު މައުލޫމާތުތަކުގައި އެއްވެސް މައްސަލައެއް ހުރި ނަމަ، cc@iasl.aero ނުވަތަ މޯލްޑިވިއަންގެ ކޯލް ސެންޓަރު 1671 އަށް ގުޅައި ހިއްސާ ކުރެވޭނެކަމަށް އެ ކުންފުނިން ބުނިއެވެ. އަދި އެ މައުލޫމާތު އިސްލާހު ކުރުމަށް އިތުރު އެއްވެސް ޗާޖެއް ނުކުރާނެކަމަށްވެސް އެ ކުންފުނިން ހާމަކުރިއެވެ.

އެ ކުންފުނިން އިތުރަށް ބުނެފަައިވަނީ، ޓިކެޓް ބުކިންގު މަރުހަލާއަށް ގެނެވުނު މި ބަދަލަކީ، އެ ކުންފުނީގެ ކަސްޓަމަރުންގެ ޕްރައިވަސީ ރައްކާތެރިކޮށް، ބުކިންގ މަރުހަލާ ފަސޭހަކޮށްދިނުން ކަމަށެވެ.

ދިވެހިރާއްޖޭގެ ގައުމީ އެއާލައިންސްގެ އުދުހުންތައް ޖުމަލް 25 މަންޒިލަކަށް ކުރެއެވެ. އެއީ ރާއްޖެ ތެރޭގެ 18 މަންޒިލާއި ރާއްޖެއިން ބޭރުގެ 7 މަންޒިލެވެ. މީގެއިތުރުން، ސީސަނަލް ޑިމާންޑު ނުވަތަ ޕީކް ސީޒަންތަކަށް މޯލްޑިވިއަންގެ އުދުހުންތައް އިތުރުކޮށް، މަތިވަމުންދާ ޑިމާންޑަށް ކޭޓާކުރުމަށް މަސައްކަތްކުރާކަން ފާހަގަކޮށްލެވެއެވެ. އަދި މޯލްޑިވިއަންގެ ފްލީޓަށް އިތުރު ފްލައިޓްތައް ގެނެސް، މޯލްޑިވިއަންގެ ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: