ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް މާދަމާ ރޭގަނޑު 7 އިން 11:30 އަށް އެއާޕޯޓު ޓްރެފިކް ފްލޯއަށް ބަަދަލުތަކެއް!

އައު ޓަމިނަލްގެ މަސައްކަތަށް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނައުން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.

އެމްއޭސީއެލްއިން މައުލޫމާތު ދިން ގޮތުގައި، މި ބަދަލުތައް ގެނެސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޕަސެންޖަރު ޓަމިނަލް މާދަމާ ރޭ ހުޅުވުމަށް ހަމަޖެހިފައިވާތީ ރަސްމިއްޔާތުގެ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އެގޮތުން ޖުލައި 26 ރޭގަނޑު 19:00 އިން ފެށިގެން 23:30 އަށް އެއަޕޯޓަށް ވަދެ ނުކުތުމަށް ބަދަލުތައް ގެނެވިފައިވާކަމަށް ވަނީ ބުނެފައެވެ.

އެމްއޭސީއެލްއިން ބުނީ އެއާޕޯޓަށް ވަންނަ މަގާއި އަދި ޓާމިނަލް ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަދެވިފައިވާ އުޅަނދުތަކަށް ކަމަށެވެ. އަދި މި ވަގުތުތަކުގައި ޕާކިން ސަރަހައްދަށް، ޓެކްސީ އަދި އަމިއްލަ އުޅަނދުތަކާއި ޓަމިނަލް ސަރަހައްދަށް ދިއުމަށް ޕޮލިސް ޕޯސްޓް އިރުމަތީ ފަރާތުން އެމްއޭސީއެލްގެ އުޅަނދުތަށް ވަދެވޭގޮތަށް ހަމަޖެހިފައިވާނެކަމަށް ވަނީ ބުނެފައެވެ.

މި ބަދަލާއި އެކު، ފެރީ އަދި ބަހުގެ ޚިދުމަތް މެދުކެނޑުމެއްނެތި މާލެ އާއި ހުޅުމާލެއިން ހުޅުލެއަށް ދާ ފަރާތްތަކަށް ލިބިގެންދާނެކަމަށް އެމްއޭސީއެލް ވަނީ ބުނެފައެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9899668 އަށް ގުޅުއްވުމަށް ނުވަތަ estate.security@macl.aero އަށް އީމެއިލް ކުރުމަށް އެމްއޭސީއެލް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: