ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ބަންދު ނަމަވެސް 28 ގައި ސްޓެލްކޯގެ ސަރވިސް ސެންޓަރުން ހިދުމަތްދޭނެ

ސްޓެލްކޯ އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދުވާ ދުވަސްތަކުގެ ތެރެއިން 28 ޖުލައިވާ ހޯމަ ދުވަހު ސަރުކާރު ބަންދު ނަމަވެސް، ސްޓެލްކޯގެ ސަރވިސް ކައުންޓަރތަކުން ހިދުމަތްދެމުންގެންދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިނިވަންދުވަހާއި ގުޅުވައިގެން 26، 27 އަދި 28 ޖުލައި މި 3 ދުވަސް ސަރުކާރު ބަންދު ދުވަސްތައްކަމުގައި ހަމަޖެހިފައިވީ ނަމަވެސް 28 ޖުލައި ވާ ހޯމަ ދުވަހު އެ ކުންފުނީގެ ސާރވިސް ކައުންޓަރތަކުން ހިދުމަތްދިނުމަށް ދޭނެކަމަށް ބުނެފައިވެއެވެ.

ޖުލައި 28 ވާ ހޯމަ ދުވަހު ހެނދުނު 10:00 ން މެންދުރުފަހު 14:00 ށް ސަރވިސް ކައުންޓަރުތައް ހުޅުވިފައި ހުންނާނެއެވެ. ސާވިސް ކައުންޓަރތައް ބަންދުވި ނަމަވެސް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރ 1545ގެ ޙިދުމަތް މެދުނުކެނޑި 24 ގަޑިއިރު ލިބޭނެކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ސާވިސް ކައުންޓަރގެ ޙިދުމަތް 29 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން އާދައިގެ މަތިން ލިބިވަޑައިގަންނަވާނެކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: