ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއަށް އަހަރެއްގެ މައްޗަށް ދައްކަންޖެހޭ ދަރަނިތައް 40 އިންސައްތައިން ދަށްކޮށްފި

ރައީސް ޑރ މުއިއްޒު އަދި ބޮޑުވަޒީރު މޯދީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އިންޑިއާއަށް އަހަރެއްގެ މައްޗަށް ދައްކަންޖެހޭ ދަރަނީގެ އަދަދުތައް 40 އިންސައްތައިން ދަށްކުރުމަށް އެއްބަސްވެފައިވާކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ބޮޑުވަޒީރު ނަރޭންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފޮރިން ސެކެޓްރީ މިސްރީ ވިދާޅުވީ، މިއީ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ތިންވަނަ ދަތުރުފުޅުކަމަށާއި މިހާރު އޮތް ސަރުކާރުގެ ދައުރުގައި ރާއްޖެއަށް ވަޑައިގެންނެވި ގައުމެއްގެ އެންމެ ފުރަތަމަ އިސްވެރިޔަކީވެސް އެމަނިކުފާނުކަކަމަށެވެ.

ރާއްޖެއަށް ވަޑައިގަތުމާއިއެކު އެއަރޕޯޓުން ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ހޫނު މަރުހަބާއެއް ވިދާޅުވެފައިކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ކެބިނެޓުގެ ވަޒީރުންވެސް ހާޒިރުވެ ތިއްބެވިއިރު އެއީ ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވިގެންދިޔަކަމަށާއި ބޮޑުވަޒީރު މޯދީއަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ސަގާފީ ހަރަކާތެއްވެސް ކުރިއަށް ގެންދިޔަކަމަށް ފާހަގަކުރެއްވިއެވެ.

މިސްރީ ވިދާޅުވީ، ރައީސް ޑރ މުއިއްޒު އަދި މޯދީ ދެމެދު ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންދެވިފައިވާކަމަށެވެ. އަދި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާކަމަށާއި ރައީސް ޑރ މުއިއްޒު އެގައުމަށް ކުރެއްވި ޒިޔާރަތަށް ފަހު މަަސައްކަތްތަކުގައި އައިސްފައިވާ ކުރިއެރުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށް ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރޭގައި އެއްބަސްވުންތަކެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރެވިފައިވާކަމަށް އަލިއަޅުއްވައި މިސްރީ ވިދާޅުވީ، މުހިންމު ކަންކަމުގެ ތެރޭގައި އައު ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުމެއް ހިމެނޭކަމަށާއި އެހެންކަމުން މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ފަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ޑޮލަރުން ދީފައިވާ ލައިން އޮފް ކްރެޑިޓް އެއްބަސްވުމަށްވެސް ބަދަލުތައް ގެނެސްފައިވާކަމަށާއި އެ ބަދަލާއިއެކު ރާއްޖެއިން އިންޑިއާއަށް އަހަރެއްގެ މައްޗަށް ދައްކަންޖެހޭ ދަަރަނީގެ އަދަދުތައް 40 އިންސައްތައިން ދަށްކުރެވިގެންދާކަމަށް ހިއްސާކުރެއްވިއެވެ.

މިސްރީ ވިދާޅުވީ، މީގެ ކުރިން އަހަރެއްގެ މައްޗަށް 51 މިލިއަން ދައްކަންޖެހޭއިރު މިހާރު ދައްކަންޖެހޭނީ 29 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއްކަމަށެވެ. އަދި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި އެއްބަސްވުމެއް އެކުލަވާލެވުނުއިރު ޑިޖިޓަލް ސޮލިއުޝަންތަކާއި ގުޅުންހުރި އެއްބަސްވުމެއްވެސް ހިމެނޭކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: