ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭ ޓާމިނަލް ހުޅުވުން ފާހަގަކުރުމަށް މާލެ ވަށާ 16 ސަރަހައްދު، އެއާޕޯޓުގެ 3 ސަރަހައްދުން ހަވާއަރުވަނީ!

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުމުގެ މުނާސަބަތުގައި މާލެ ވަށައިގެން 16 ސަރަހައްދު އަދި އެއާޕޯޓުގެ 3 ސަރަހައްދުން ހަވާއަރުވަން ނިންމައިފިއެވެ.

ދިވެހިރާއްޖެއަށް މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހަކީ، 2025 ޖުލައި 26 ވާ ހޮނިހިރު ދުވަސްކަމަށްވާއިރު، އެ ދުވަހުގެ މުނާސަބަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް ވަނީ، އެ ދުވަހުގެ ރޭގަނޑު 8:00 ޖަހާއިރު ހަމަޖެހިފައެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފްއިން މައުލޫމާތު ދެމުން ބުނެފައިވަނީ، ގްރޭޓާ މާލެ ސަރަހައްދުގެ ކަނޑުގެ 16 ސަރަހައްދަކާއި އެއާޕޯޓު ކައިރިން 3 ސަރަހައްދަކުން ހަވާއަރުވާނެކަމަށެވެ. އަދި މި ހަވާއެރުވުމުގެ ދިގުމިނަކީ 6 މިނިޓުކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިއެވެ. މިއީ، ރާއްޖޭގެ ތާރިހުގައި އެންމެ ބޮޑު ސަރަހައްދެއްގައި ހަވާ އަރުވާ އެންމެ ފުރަތަމަ ފަހަރެވެ.

މީގެއިތުރުން، ހަވާއެރުވުން ފެށުމަށް ހަމަޖެހިފައިވާ ވަގުތަކީ، 2025 ޖުލައި 26 ވަނަ ދުވަހުގެ ރޭގަނޑު، އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، 8:30 ގައެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލްއިން ބުނެފައިވަނީ، ވީއައިއޭ އައު ޓާމިނަލް ހުޅުވުން ފާހަގަކުރުމުގެ ގޮތުން އަރުވާ ހަވާ ވެގެންދާނީ ތާރީހީ ހަވަޔަކަށް ކަމަށެވެ. އަދި މިއީ، ހައިރާންވާނެ ފަދަ ހަވާއެރުވުމެއްކަމަށްވެސް އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ހަވާއެރުވުމުގެ އިތުރުން، ޑްރޯން ޝޯއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: