ރަށެއްގެ ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.
ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި މި ހާދިސާ ހިނގީ އއ.މާޅޮހުގައެވެ. ރޭ 8:45 ހާ އިރު ހިނގި އެ ހަދިސާގައި ދޯންޏެއްގައި އެއްޗެއް ގޮވައިގެން ފިހިފައިވަނީ ދެ ބިދޭސީންކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
މާޅޮހުގެ ސިއްހީ މަރުކަޒުގައި ދެ މީހުންނަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގީ އެރަށުގެ ”ނަސްރު 7“ ނަމަކަށް ކިޔާ ދޯންޏެއްގައެވެ.
ދޯނީގައި ގޮވާފައިވަނީ އިންޖީނުގެ ބެޓެރިކަމަށް ބެލެވޭކަމަށް ދޯނީގައި ތިބި މީހުން ބުނެއެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް ނެތެވެ. މި ހާދިސާހައޮ ދޯންޏަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވާކަމަށްވެސްވެއެވެ.

