ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފި

ސްރީ ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންނެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސަނަޔަކަ، ރާއްޖެ ވަޑައިގަންވައިފިއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މިއީ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސަނަޔަކަ މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

މި ދަތުރުގައި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު މަތީފަންތީގެ މަޝްވަރާތައް ކުރިއަށްގެންދެވޭނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި، ދޭދޭ މުހިންމު ދާއިރާތަކުން މަޝްވަރާތައް ކުރިއަށްގެންދާނެއެވެ.

މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާއާއިކަން ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖެއާ ސްރީލަންކާއާ ހާރިޖީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1965 އަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: