ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރެކްސް ގާނޫނު ތަންފީޒުވާކަމަށް ރައީސް ވިދާޅުވި، ޑޮލަރުގެ މައްސަލަ ހައްލު ނުވާންވީ ސަބަބެއް ނެތް: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެނައި ގާނޫނުން ފައިދާކޮށް، ވިޔަފާރިތަކުން ޑޮލަރު މާރުކުރަމުންދާކަމަށް ސަރުކާރުން ބުނާއިރު އެކަމުގެ ރަނގަޅު އަސަރު ދިވެހި ރައްޔިތުންނަށް ނުކުރަންވީ ސަބަބެއް ނެތްކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ޑޮލަރުގެ އަގު 20.20 ރުފިޔާއަށް އުފުލި، ޑޮލަރު ލިބުން އިންތިހާއަށް ވަނީ ދަތިވެފައެވެ. އަދި ކުރިޔަށް އޮތީ ބޮޑު ޗުއްޓިކަމަށްވުމާއި އެކު ޑޮލަރަށް އޮތް ޑިމާންޑު ބޮޑުވެ، އަގު އިތުރަށް އުފުލިގެން ގޮސްދާނެކަމަށް ބެލެވެއެވެ.

މި މައްސަލައިގައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް، ހަގީގަތަކީ އެއީ ނޫންކަމަށެވެ. ވިޔަފާރިވެރިންނަށް އިންތިހާއަށް ދަތިވެފައިވާއިރު، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނުލިބޭކަން މައުރޫފް ފާހަގަކުރެއްވި އެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް ސަރުކާރުން ބުނާއިރު، އޭގެ ނަތީޖާ ދިވެހި ރައްޔިތުންނަށް ނުފެންނަކަމަށް މައުރޫފް ވިދާޅުވި އެވެ. އެގޮތުން، ރެވެނިއުގެ ގޮތުގައި ދައުލަތަށް ޑޮލަރު ލިބޭ މިންވަރު އިތުރުވެފައިވާކަމަށް ވެސް ސަރުކާރުން އެކި މުނާސަބާތަކުގައި ހާމަކުރާއިރު، ބައެއް ފަހަރު އަދަދުތައް ވެސް ނުރަސްމީކޮށް އިއުލާނު ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ސަރުކާރުން ގެނައި ފޮރެކްސް ގާނޫނު ތަންފީޒުވެ، ހިތްހަމަޖެހޭކަމަށް ސަރުކާރުން ބުނަމުން ދަނީ ކޮން ހަމައަކުންތޯ މައުރޫފް ސުވާލު އުފެއްދެވި އެވެ. އަދި ޑޮލަރުގެ ކަޅު ބާޒާރު ނައްތާލެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވިކަން ފާހަގަކުރައްވައި ޑޮލަރުގެ މައްސަލަ ހައްލު ކުރެވިފައިވާނަމަ، ކަޅު ބާޒާރެއް އޮތީ ކީއްވެގެންތޯއާއި ޑޮލަރުގެ ދަތިކަން އިންތިހާއަށް ދަތިވެފައިވަނީ ކޮން ސަބަބަކާހުރެތޯ ސުވާލުކުރެއްވި އެވެ.

ސަރުކާރުން ބުނަނީ ވަރަށް ބޮޑު ތަރުޙީބެއް އެކަމަށް ލިބެޔޭ އޭގެ މާނަ ކުރާކަށެއް ނޭނގޭ އީ ކޮން ވާހަކައެއް ކަމެއް ވަރަށް ބޮޑު ތަރުޙީބެއް ލިބުމަކީ ސަރުކާރަށް އެނގޭނެ ރެވެނިއުގެ ގޮތުގައި މި ޑޮލަރުގެ ގޮތުގައި މާރުކުރާ މިންވަރު އަދަދުތައް ވެސް ކޮންމެވެސް ވަރަކަށް ރައީސް ބައެއް ފަހަރު ވިދާޅުވޭ.. ޓޯކްޝޯއެއްގައި ވެސް ރައީސް ވިދާޅުވެއްޖެ އަޅުގަނޑު އަޑުއެހިން ދެފަހަރެއްގެ މަތީން.. ސުވާލަކީ ރައީސްގެ ސިޔާސަތު ކާމިޔާބު ވެއްޖިއްޔާ އޭގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށް ކުރަނީ ކީއްވެގެންތޯ.. މައްސަލައެއް ވިޔަފާރިވެރިން ޑޮލަރު މާރު ކުރިޔަސް ނުކުރިޔަސް..

މައުރޫފް ވިދާޅުވި ގޮތުގައި ހަގީގަތަކީ ރާއްޖޭގެ އިގްތިސާދާ މެދު ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް ނެތުމެވެ. އަދި ވިދާޅުވީ ގައުމުގެ އިގްތިސާދު ފަހަރަށް ހުރިއިރު، ޑޮލަރުގެ ރޭޓު މިހާރު ހުރީ ދުވަހަކު ވެސް މައްޗަށް ނުދާ ރޭޓެއްގައިކަން ސަރުކާރަށް އަދި ރޭކާނުލާކަމަށެވެ.

މީގެއިތުރުން މައުރޫފް ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ޑޮލަރުގެ އަގު ދުވަހަކު ވެސް ނުދާހާ މައްޗަށް އުފުލިގެން ދިޔައީ ކޮން ސަބަބަކާހުރެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ސާފުކޮށްދޭން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ގަވަރުނަރު މުނައްވަރު މަޖިލީހަށް ހާޒިރުކޮށް ގައުމުގެ މުސްތަގުބަލު އޮތް ހާލަތާ ގުޅޭގޮތުން ސުވާލުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ވެސް މައުރޫފް ވަނީ ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: