ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެކަމަށް މެޓުން ލަފާކޮށްފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ / ފޮޓޯ: އެމް.އެން.ޑީ.އެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓުން މައުލޫމާތު ދީފައިވާ ގޮތުގައި މެދު ރާއްޖެތެރެ އާއި ދެކުނުގެ ރަށްރަށަށް މިއަދު ވެސް ކެރީގެ އަސަރު ކުރުން އެކަށީގެންވެއެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މެޓުން ލަފާކުރެއެވެ.

ވިލާގަނޑުގައި ކަނޑުތައް ވަރަށް ގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ފާހަގަކުރެއެވެ. އަދި މިއަދު އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، އެހެން އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް މެޓޫން ބުންޏެވެ.

އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހުއެވެ.

ޖުލައި މަސް ފެށިގެން އައި ފަހުން މޫސުން ފެންނަނީ ވަރަށް ގޯސްކޮށެވެ. ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށްވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ. މި ފަހުންވެސް ކަނޑުމަތީގެ ހިތާމަވެރި އެކި ހާދިސާތައް ހިނގާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: