ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ކުރާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި މަޖިލީހަށް ސްޕޮންސަރ ކުރާ ބިލުގެ އަދަދަކުން ނޫން: މަޖިލިސް

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ މެމްބަރުން ކުރައްވާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި މެމްބަރުން މަޖިލީހަށް ސްޕޮންސަރ ކުރައްވާ ބިލުގެ އަދަދަކުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޤާނޫނުއަސާސީގެ 85 ވަނަ މާއްދާގެ ދަށުން އާންމު އުސޫލުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ގެންދަނީ އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 31 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ވަގުތުން ދުރަށް ދެއްކުމާއި، ބްރޮޑްކާސްޓް ކުރުމަށް އޮތް އުސޫލުގެ މަޤްސަދުތަކުގެ ތެރޭގައި ހޭލުންތެރިކަން އިތުރު ކުރުމާއި، މައުލޫމާތު މުއްސަނދި ކުރުމުގެ އިތުރުން، ވަކި ފަރާތަކަށް ނުޖެހި ޚަބަރު ފޯރުކޮށްދިނުމާއި، މަޖިލީހުގެ އުސޫލުތަކާއި އާދަކާދަތައް ހިނގާގޮތަށް އަހުލުވެރިކުރުވުން ހިމެނޭކަމަށް ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، އާންމު މައްސަލަތަކުގައި ޤައުމުގެ އެކިއެކި ކަންކަމާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާއި އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، މަޖިލީހުގެ މަސައްކަތްތަކާއި ސަރުކާރާއި ޤައުމު ހިންގުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުންވެސް މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް މަޖިލީހުގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.

އެގޮތުން ބަލާއިރު މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ މަސައްކަތްތައްވެސް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއު ކުރަމުންދަނީ އެ މަޤްސަދު ޙާސިލު ކުރުމަށްކަމަށާއި، މަޖިލީހުގެ މެމްބަރުން މިހާތަނަށް ހުށަހަޅުއްވާފައިވާ ބިލުތަކާއި، ޤަރާރުތަކާއި، ވަޒީރުންނާ ކުރެއްވި ސުވާލުތަކާއި، ތަފާސް ހިސާބު ފެންނަން ހުންނާނެކަމަށް މަޖިލީހުން މައުލޫމާތު ދެއެވެ.

އެހެންނަމަވެސް އެއީ މެމްބަރުން މަޖިލީހުގައި ކުރައްވާ ހަމައެކަނި މަސައްކަތްތަކެއް ނޫންކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، މަޖިލީހުގެ މުހިއްމު ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ކޮމިޓީގައި ކުރިއަށްދާކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ކުރިއަށްދާ މަސައްކަތްތައް ނިމިގެންދަނީ މަޖިލީހުގެ ހުރިހާ މެމްބަރުންގެވެސް ބައިވެރިވުމާއެކުކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މަޖިލީހުގެ މެމްބަރުން ކުރައްވާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި މެމްބަރުން މަޖިލީހަށް ސްޕޮންސަރ ކުރައްވާ ބިލުގެ އަދަދަކުން ނޫން ކަމަށާއި، އެކި މަރުޙަލާތަކުގައި މަޖިލީހުގެ މެމްބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންނަކަންވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުން އާންމުކުރާ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، އާންމުންނަށް އެ މައުލޫމާތު އޮޅުންއަރާގޮތަށް ބޭނުން ނުކުރުމަށާއި، މަޖިލީހުގެ މައުލޫމާތު ހިއްސާކުރާއިރު ޒިންމާދާރުކަމާއެކު އެކަން ކުރުމަށް ބަޔާނުގައި އެދިފައިވެއެވެ.

މީގެ އިތުރުން، މަޖިލީހާ ގުޅޭގޮތުން މައުލޫމާތު އާންމުކުރާއިރު، އެ މައުލޫމާތެއްގެ ތެދު ދޮގު ކަށަވަރު ކުރުމަށްފަހު އާންމު ކުރުމަށްވެސް އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: