ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުގެ ވިން އަ ސްޕީޑް ބޯޓް ޕްރޮމޯޝަންގައި މިފަހަރު ދެ އުޅަނދު

ޕްރޮމޯޝަންގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިން އަ ސްޕޯޑް ބޯޓް ޕްރޮމޯޝަންގެ ތެރެއިން ދެ އުޅަނދު ދިނުމަށް ކަނޑައެޅިފައިވާކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިދުމަތްތަކާއި ޕްރޮމޯޝަންތަކުގެ މައުލޫމާތު ދެއްވަމުންދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، އެ ކުންފުނިންވާނީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތަކުގެ ތެރެއިން އިތުރު ފުރުހިމަކަން ގެނެސްދިނުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިކަމަށެވެ. މީގެ ތެރޭގައި ހިދުމަތްތަކާއި ތަޖުރިބާތައް ރަނގަޅުކުރުން ހިމެނޭއިރު އެންމެ ރަނގަޅު ހަލުވި ނެޓްވޯކެއްގެ ގޮތުގައި ހިދުމަތް ދިނުމުގެ އަމާޒު ހިމެނޭކަމަށް ވިދާޅުވި އެވެ.

މިފަހުން ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާ ބައެއް ފޮޓޯތަކަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، މީޑިއާތަކުންވެސް ވަނީ އެކަމާއިމެދު ސުވާލުކޮށްފައިކަމަށާއި އޭގެ މަގުސަދަކީ މިހާތަނަށް ރާއްޖޭގައި ޕްރޮމޯޝަނެއްގެ ތެރޭގައި ދެވޭ އެންމެ އަގުހުރި އިނާމުތައް ދިނުމަށް ތައްޔާރުވެފައިވާކަން އަންގައިދިނުންކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގެ މަތިން އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފައިވާމަށް އަލިއަޅުއްވައި މިރްޝާން ވިދާޅުވީ، އެންމެ ފުރަތަމަ ދެވުނު އެފަދަ އިނާމަކީ ޓެސްލާއެއް ކަމަށެވެ. އެއަށްފަހު ސްޕީޑް ބޯޓެއް ދީފައިވާކަމަށާއި އެކަމުގެ މަގުބޫލުކަމަށް ރިއާޔަތްކޮށް ކުރިއަށް އޮތް ޕްރޮމޯޝަންގައި 2 ބޯޓު ދިނުމަށް ނިންމީކަމަށް ވިދާޅުވި އެވެ.

އެ ކުންފުނިން މައުލޫމާތު ދީފައިވާގޮތުން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ވެސް ވަނީި ހުޅުވާލެވިފައެވެ. އަދި އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި ލިބޭނީ ”ކެނެރީ 28“ މަރުކާގެ ސްޕޯޓްސް ސްޕީޑް ބޯޓެއްކަމަށާއި 2 އުޅަނދު ދިނުމަށް ކަނޑައެޅިފައިވާއިރު ޔަމަހާގެ 250 ހޯސްޕަވާގެ އިންޖީނު އަޅައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާނެކަމަށްވެސް ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ދިރާގުގެ ޕޯސްޓްޕެއިޑާއި ޕްރީޕެއިޑްގެ އިތުރުން ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވެސް ފުރުސަތު އޮތްކަން ފާހަގަކޮށްފައިވެއެވެ. ބައިވެރިވެވޭ ގިންތިތަކުގެ ތެރޭގައި މޯބައިލް ޕޯސްޓްޕެއިޑް 450 އަށްވުރެ މަތީ ހިދުމަތަކާއި ފިކްސްޑް ބްރޯޑްބޭންޑުގެ ލިމިޓެއް ނެތް 40 އެމް އަދި މަތީ ޕްލޭންތައް ނަންގަވާފައިވާ ކަސްޓަމަރުންނާއި 30 ދުވަހުގެ މުއްދަތަކެއްގެ ތެރޭގައި 450 ރުފިޔާ ރީޗާޖް ކުރައްވާފައިވާ ޕްރީޕެއިޑް ކަސްޓަމަރުންނަށަްވެސް ބައިވެރިވޭނެކަމަށް ބުނެފައިވެއެވެ. މޯބައިލް ބްރޯޑް ބޭންޑާއި 5ޖީ ޓާބޯ ޕްލޭން ނަންގަވާފައިވާ ބައެއް ކަސްޓަމަރުންނަށްވެސް ފުރުސަތު އޮތްކަން ހާމަކޮށްފައިވާއިރު މުޅިން އަލަށް ދިރާގުގެ ހިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށްވެސް ފުރުސަތު އޮތްކަން ހިއްސާކޮށްފައިވެއެވެ.

މިއަދުން ފެށިގެން 2026 ވަނަ އަހަރުގެ މާޗު 31 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށް ބުނެފައިވެއެވެ. އަދި އިނާމު ހޯދުމުގެ ފުރުސަތު އިތުރަށް ފުޅާކުރަން އެދޭނަމަ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޕްރޮމޯޝަންގައި ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކޮށްފައިވެއެވެ. މިގޮތުން އަމަލުކުރައްވާ ކަސްޓަމަރުންގެ ނަން 4 ފަހަރު ޕްރޮމޯޝަންގައި ހިމެނިގެންދާނެކަމަށާއި ކުރިއަށް އޮތްތަނުގައި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހާއްސަ ޕޯޓަލްއެއްގެ އިތުރުން އެކަމަށް ފަހިކުރުމަށް ކިއުއާރް ކޯޑެއްވެސް ހިއްސާކުރާނެކަަމަށް ބުނެފައިވެއެވެ.

މި ޕްރޮމޯޝަންގެ ގުރުއަތު ނަގާނީ އަންނަ އަހަރުގެ ޖެނުއަރީ މަހާއި ޖުލައި މަހުގެ ތެރޭގައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: