ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅުހިޔާގައި އެއް ފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭ ގޮތަށް ޖާގަ އިތުރުކޮށް ބުޅާތައް ނަގަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅުހިޔާގައި އެއް ފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭ ގޮތަށް ޖާގަ އިތުރުކޮށް އެ ފެސިލިޓީއަށް އިތުރު ބުޅާ ނެގުމުގެ މަސައްކަތް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ، އެކި ފަހަރުމަތިން އޮޅުހިޔާގެ ޖާގަ އިތުރުކުރަމުން ގޮސް، މިހާރު 100 ބުޅާ އެއްފަހަރާ ކަރަންޓީން ކުރެވޭނެ ޖާގަ ތައްޔާރުކޮށްފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ މިދިޔަ މަހު ބުޅާ ނެގުމުގެ މަސައްކަތް ފަށައި، ވިއްސާރަވުމުގެ ސަބަބުން މަސައްކަތް ހުއްޓާލިއިރު ފެސިލިޓީއަށް 28 ބުޅާ ނަގައިފައިވާ ކަމަށެވެ. އެއާއެކު ފެސިލިޓީއަށް ނަގައިފައިވާ ބުޅަލުގެ އަދަދު ޖުމްލަ 75އަށް އެރި ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ، ބުޅާ ނެގުމުގެ މަސައްކަތް  އަލުން ފެށިއިރު ކަރަންޓީންގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ ވަނީ ކޮށިތަކަށް ބަދަލުކޮށްފައި ކަމަށެވެ. އަދި އިއްޔެ ހަވީރު މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ރޭ ހުޅުމާލޭގެ އެކި ސަރަހައްދުން 37 ބުޅާ ފެސިލިޓީއަށް ނަގާފައިވާ ކަމަށް ބުންޏެވެ. އެހެންކަމުން މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމްލަ 112 ކަމަށް ވަނީ ބުނެފަ އެވެ.

ވުޒާރާއިން އިތުރަށް ބުނީ މޫސުންތަންދޭ މިންވަރަކުން އިތުރު ބުޅާތައް ނެގުމުގެ މަސައްކަތް ކުރަމުންދާނެކަމަށާއި، އެއާއެކު ކަރަންޓީން މަރުހަލާ ނިންމައި، ކޮށިތަކުގައި ބުޅަލަށް އަޅާލަމުން އަންނަ ކަމަށެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މި އަހަރުގެ ފެބްރުވަރީ މަހުގެ 26ގައި އޮޅުހިޔާ ފެސިލިޓީއާ ހަވާލުވެ، ފުރަތަމަ ނެގީ 15 ބުޅައެވެ. އޭގެ ފަހުން 30 ބުޅާ ނެގުމަށްފަހު އިތުރަށް ބުޅާ ނެގުމުގެ މަސައްކަތް ކުރިޔަށް ނުގެންދާތީއާއި ބުޅަލުގެ ސަބަބުން އާންމުންނަށް އުނދަގޫތަކާ ކުރިމަތިވާތީ ޝަކުވާވަނީ އިތުރުވެފައެވެ.

އެ ވުޒާރާއިން ބުނީ ބުޅާތައް ނެގުމުގައި ލަސްވުންތައް ކުރިމަތިވަނީ، ކަރަންޓީން އޭރިއާގައި ޖާގަ މަދުވުމުން ކަމަށެވެ. އަދި މިދިޔަ މަހުގެ 24ގައި އެ ވުޒާރާއިން ވަނީ ކަރަންޓީނު ޖާގަތައް ފުލްވެފައިވާ ކަމަށް ވެސް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: