ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުބައި ތަސައްވުރަކަށް ޖާގަދޭން ބޭނުން ނުވާކަމަށް ވިދާޅުވެ ޝަހީދު ނަން އަނބުރާ ނަންގަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ޝަހީދު އައްޔަންކުރަން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފައިވަނިކޮށް އޭނާ ނަން އަނބުރާ ނަންގަވައިފިއެވެ.

”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ޝަހީދު ވިދާޅުވީ، އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވާ ކަމަށާއި، ސިޔާސީ ޕާޓީން ވަކިވިކަމުގެ ލިއުންވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ސިޔާސީ މަޤާމެއްގައި ނެތްކަމުގެ ލިއުންވެސް ހުށަހަޅާފައިވާނެކަމަށް ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ، ރާއްޖޭގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތައް ފަނޑިޔާރުކަމާއި، އެހެނިހެންވެސް ޖުޑީޝަރީގެ މަޤާމުތަކަށް ކުރީ ސަރުކާރުތަކުން އައްޔަނު ކުރިކަމަށެވެ. އަދި އޭނާވެސް މަޤާމަށް ކުރިމަތިލެއްވީ ޖުޑީޝަރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާތީކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލުމާއި އެކު، އެކި ވާހަކަތައް ފަތުރައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑިޝަރީއަށް އަތް ގަދަ ކުރައްވަނީކަމަަށް ބުނެ ވެސް ތުހުމަތު ކުރިކަމަށް ޝަހީދު ވިދާޅުވި އެވެ. އެހެންކަމުން ޝަރުއީ ނިޒާމާއި ގުޅޭގޮތުން ހަގީގަތެއް ނެތް ކަމަކަށް ޖާގަ ދިނުމަަސް ބޭނުން ނުވާކަމަށް ޝަހީދު ވިދާޅުވި އެވެ.

އެހެންވެ ނަން އަނބުރާ ގެންގޮސް، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިނުވާނެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖީއެސްސީ) އަށް ސިޓީއަކުން އަންގާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: