ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށް، އެމްއެމްއޭ އެފްއައިޔޫގެ ވެރިއަކަށް ސާޖިދު!

އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް ވަކިކޮށް، މަގާމަށް އައްޔަނު ކުރި އިސްމާއިލް ސާޖިދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކޮށް ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް, މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި އެވެ.

ސަންގަށް އެމްއެމްއޭގެ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްއެމްއޭގެ ހިންގުން ހަރުދަނާކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން، މިއަދުން ފެށިގެން ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަޤާމަށް އެހެން ބޭފުޅެއް އައްޔަނުކޮށްފައިވާކަމަށެވެ.

އެއީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމުން ދާދިފަހުން އިސްތިއުފާ ދެއްވި އިސްމައިލް ސާޖިދެވެ. އަދި އަޝްރަފް ބަދަލުކޮށްފައި ވަނީ އަޝްރަފް ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް އަށެވެ.

އަޝްރަފް މަގާމުން ބަދަލުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އޭނާއާ ގުޅުން އޮންނަ އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުވެފައެވެ.

އާންމުވެފައިވާ ރިޕޯޓުގައި އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކަކުގެ ގޮތުގައި ހުރި ކަންކަން އެ ރިޕޯޓުގައިވެއެވެ. އެގޮތުން ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކިކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރަން ކަމަށް ވެއެވެ. އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް ކަމަށްވެސްވެއެވެ. މިފަދަ އެތައް ފައިސާގެ މުއާމަލާތްތަކެއް އޮތް ކަމަށް ދައުރުވަމުންދާ އެ ރިޕޯޓުގައިވެއެވެ. 

އެހެންނަމަވެސް މި ކަމާއި ގުޅިގެން ޝުޖާއު ވިދާޅުވީ އިވެންޓްސް އޯގަނައިޒިން ކުންފުނި ”އޮފިޝަލް އިވެންޓްސް“ އަށް ގާނޫނާ ހިލާފަށް ޝައްކު ކުރެވޭ މުއާމަލާތްތައް ހިންގިކަމަށް ބުނެ ކުރަނީ ދޮގު ތުހުމަތު ތަކެއް ކަމަށެވެ. ޝުޖާއު ވިދާޅުވީ މިއީ އޭނާގެ ސިޔާސީ މަސައްކަތްތައް ހުއްޓުވުމަށް ބަޔަކު ފަތުރާ، ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށެވެ. ތުހުމަތުތަކަށް ރައްދުދެއްވަމުން ޝުޖާޢު ވިދާޅުވީ، ސޯޝަލް މީޑިއާގައި ފެތުރެމުންދާ މި ވާހަކަތަކުގެ އެއްވެސް އަސްލެއް ނުވަތަ ސައްހަކަމެއް އެނގިފައިނުވާކަމަށެވެ. އަދި މިފަދަ އެއްވެސް މައްސަލައެއްގެ ތަހުގީގެއް ކުރިއަށްދާކަމަށް ނުވަތަ ފާހަގަކުރެވިފައިވާކަމަށް އެއްވެސް ރަސްމީ އިދާރާއަކުން އަންގާފައިނުވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: