ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މަސް ފާއިތުވެ ދިޔައިރު ވެސް ޔުމްނުގެ ބަޔާން ފުލުހުންނަށް ނުލިބޭ!

ހައްވާ ޔުމްނު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އޭޕްރިލް މަހު މާލޭގެ އިމާރާތެއްގެ މަތީން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި، އަދިވެސް އޭނާގެ ބަޔާން ނެގޭ ގޮތެއް ނުވާކަމަށް ފުލުހުން ބުނެފި އެވެ.

ހ. ފެންޓެނޯއީ ގޭގެ ނުވަނަ ފަންގިފިލާގެ ފެންލައިޓަކުން ޔުމްނު ވެއްޓުނު މައްސަލައިގައި، ތުހުމަތުތައް ކުރެވުނީ އެރޭ އޭނާއާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށެވެ. މައްސަލައިގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވި، ރައުދުގެ މައްޗަށް ކުރީ ގަސްދުގައި ޔުމްނު ވައްޓާލީކަމުގެ ތުހުމަތެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޔުމްނުގެ ބަޔާންން ނެގުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށެވެ. މީގެކުރިން ވެސް ފުލުހުން އެކިފަހަރު މަތީން ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރުމުން، އެކަން ކުރިޔަށް ގެންދެވިފައި ނުވަނީ އޭނާގެ އާއިލާގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭތީ އެވެ.

މި މައްސަލައިގައި ފުލުހުން މީޑިއާތަކާއި އޮފް ދަ ރެކޯޑުގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމާއި އެކު، ތަފާތު އެކި ވާހަކަތައް ދެކެވުނެވެ. އެއަށް ފަހު ފުލުހުން އާންމުކޮށް ހުޅުވާލައިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެރޭ ޔުމްނުއާއި ރައުދުއާއި އެއްކޮށް އުޅުނު އެހެން އެކުވެރިންތަކެއްގެ މައުލޫމާތު އާންމު ކުރި އެވެ. ފުލުހުން ބުނި ގޮތުގައި ފެންޓެނޯއީއަށް ދިޔައީ ރައުދުއާއި ޔުމްނު އެކަންޏެވެ. އަދި އެ މީހުންނާއި ގުޅުން އޮތް އެއްވެސް އިތުރު ބަޔަކު އެރޭ އެގެއަށް ނުދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި ޔުމްނު ވެއްޓުނު ރޭގައި އޭނާއާއި ރައުދު ތިބީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގަ އެވެ. އަދި އެރޭ

މައުލޫމާތު ފޮރުވަން އުޅޭކަމަށް ފުލުހުންނަށް ކުރެވުނު ތުހުމަތުތަކާއި އެކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދެވި އެވެ. އަދި އެ ކޮމިޝަނުގެ ރިޕޯޓުން ފުލުހުން ހިއްސާ ނުކުރާ ވަރަށް ގިނަ ކަންކަން އާންމުވެގެން ދިޔަ އެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުން، ބޮޑަށް ބުރަވެވެނީ އެރޭ ޔުމްނު ވެއްޓުނީ ކަމަށެވެ.

މި މައްސަލައިގައި އެ ކޮމިޝަނަށް ރައުދުއާއި، އެރޭ ދެ މީހުންނާއި އެކު އުޅުނު އެންމެންގެ ބަޔާން ނަގާފައި ވެއެވެ. އެހެން ނަމަވެސް ޔުމްނުގެ އާއިލާގެ ފަރާތުން ކޮމިޝަނަށް އެއްވެސް އެއްބާރުލުމެއް ދީފައި ނުވެއެވެ.

ހާދިސާއަށް ހަތަރު މަސް ވެގެން ދިޔައިރު، ރައުދުގެ މައްޗަށް މައްސަލައިގައި ދައުވާ ވަނީ އުފުލާފަ އެވެ. އަދި މިހާތަނަށް ކުރާ ތަހުގީގުގައި އަދިވެސް ޔުމްނުގެ ބަޔާން ނުލިބޭކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޔުމްނުގެ ބަޔާން ނުލިބޭތީ، މެލޭޝިއާގެ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށްޓަކައި އެ ގައުމުގެ ފުލުހުންނާއި ގުޅިގެން މަސައްކަތްތައް ފަށާފައިވާކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ. އެކަމަކު އެ މަސައްކަތް ވެސް ގޮސްފައިވާ ހިސާބެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: