ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާ އިމްތިހާނުގެ މޮކް ކަރުދާހެއްކަމަށް ބުނާ ލިޔުމެއް ދައުރުކުރަމުންދާ މައްސަލަ ފުލުހަށް ހުށައަޅަނީ

ބާ ކައުންސިލްގެ ބައެއް މެމްބަރުން/ ފޮޓޯ: ބާކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ކުރީގެ ރަސްމީ ލޯގޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބާ އިމްތިހާނުގެ މޮކް ކަރުދާހެއްކަމަށް ލިޔެފައިވާ ލިޔުމެއް ދައުރުވަމުންދާކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ބާ އިމްތިހާނާއި ގުޅިގެން ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ރަސްމީ ވެބްސައިޓުގައި ނުވަތަ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތައް ފިޔަވައި، އެހެން އެއްވެސް ލިޔުމެއް ނުވަތަ މޮކް ކަރުދާހެއް އެ ކައުންސިލުން އެންޑޯސްކޮށް އާންމުކޮށްފައިނުވާނެކަމަށް ކައުންސިލުން ބުންޏެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިހާނާއި ގުޅޭ ގޮތުން ބާ ކައުންސިލުން މައުލޫމާތު އާންމުކުރަމުންދާނީ ކައުންސިލުގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށްކަމަށްވެސް ބުންޏެވެ. އަދި ބުނެފައިވަނީ މި ދަނޑިވަޅުގައި އެ ކައުންސިލާއި ގުޅުން ހުރި އަދި އެ ކައުންސިލުގެ ލިޔުމެއްކަމަށް ދޭހަވާ ގޮތަށް ބާ އިމްތިހާނުގެ މޮކް ކަރުދާހެއްކަމަށޤ ބުނެ ލިޔުމެއް ދައުރުކުރުމަކީ ބާ އިމްތިހާނުގެ ބައިވެރިންނަށް އެކަމުގެ ސަބަބުން އޮޅުންތަކެއް އަރާނެކަމެއްކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ބާ ކައުންސިލުން އިތުރަށް ބުނީ، އެ ކައުންސިލްގެ ނަން ބޭނުންކޮށްގެން ބާ ކައުންސިލުގެ ލިޔުމެއްކަަމަށް ދޭހަވާފަދަ ލިޔުމެއް ދައުރުކުރަމުންދާ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ ހިދުމަތަށް ހުށައެޅުމަށް ބާ ކައުންސިލުން ނިންމާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: