ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ގާނޫނު ތަސްދީކުރެއްވުމުން ޝާހިދުގެ ފާޑުކިޔުން ރައީސްއަށް!

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވާފައިވާކަމަށް އިޝާރާތްކޮށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ މާލީ ހަރަދުތަކާއި ގުޅޭ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއި އެކު އެމްޑީޕީގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ.

މިއީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި މާލީގޮތުން ކުރާ ބޭނުންތަކުގައި އިސްރާފު ކުޑަކުރުން ފަދަ މަގުސަދުތަކުގެ އިތުރުން ކޮރަޕްޝަނަށް ހުޅިވިފައިވާ ދޮރު ބަންދުކުރުމުގެ ބޭނުމުގައި ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އިސްލާހު ރައީސް ތަސްދީގު ކުރެއްވީ، ބިލާއި ދެކޮޅަށް 100 އަށް ވުރެ ގިނަ ކައުންސިލުން ބަޔާން ނެރެފައި ވަނިކޮށް ކަމަށެވެ.

އެކަމަށް ބީރު ކަންފަތެއް ދެއްވައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމުން އެ ނިޒާމު ފުނޑުފުނޑުކޮށްލެއްވުމަށް ރައީސް މުއިއްޒު މަސައްކަތްފުޅު ކުރައްވަމުންދާކަން ސާބިތުކޮށްދޭކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން އެމަނިކުފާނު ރައްޔިތުންގެ އަޑުއެއްސެވުމަށް ބޭނުން ނުވާކަން އެނގިގެންދާކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ސަރުކާރުން ގެނެސްފައިވާ ބަދަލުތައް ރައްޔިތުން ބަލައިނުގަންނަކަމަށެވެ. އެހެންކަމުން އެމްޑީޕީން މި ބަދަލުތައް ބާތިލުކުރާނެކަމަށާއި އިހު އޮތްގޮތަށް ކަންކަން އިއާދަކުރުމަށްފަހު ރައްޔިތުންގެ ބާރުވެރިކަން އަނބުރާ ހޯދައިދޭނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: