ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެސްއައިޕީގެ ގޮތުގައި މިހާތަނަށް އެންމެ ބޮޑު ހަރަދެއްކުރީ ޓްރާންސްޕޯޓު ދާއިރާއަށް!

ރައީސް މުއިއްޒު އަދި މިނިސްޓަރު އަމީން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެސްއައިޕީގެ ގޮތުގައި މިހާތަނަށް އެންމެ ބޮޑު ހަރަދެއްކޮށްފައިވަނި ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އޮގަސްޓު 7 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީގެ ގޮތުގައި ކުރި ހަރަދުގެ ޖުމުލަ 3.45 ބިލިއަނަށް އަރައެވެ.

މިދިޔަ އަހަރުގެ މި ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ 6.05 ބިލިއަނެވެ. މިހާތަނަށް މިގޮތުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވާ ޓްރާންސްޕޯޓު ދާއިރާއިން ހޭދަކޮށްފައިވަނީ 2.2 ބިލިއަނާއި ގާތްކުރާ އަދަދެކެވެ. މީގެ ތެރެއިން ބޮޑު އިންސައްތައެއް ހޭދަކޮށްފައިވަނީ އެއަރޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތްތަކަށެވެ.

ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި 407.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި އަދަދުން 303.2 މިލިއަނަކީ ބިން ހިއްކުމަށްޓަކައި ކޮށްފައިވާ ހޭދައެވެ. މި މުއްދަތުގައި ތިމާވެށި ރައްކައުތެރިކުރުމުގެ މަސައްކަތްތަކަށް 300.9 މިލިއަން ހަރަދުކޮށްފައިވެއެވެ.

އޮގަސްޓު 7 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ކޮށްފައިވާ ޖުމުލަ ހަރަދު 22.30 ބިލިއަން ރުފިޔާއަށް އަރައެވެ. މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 23.72 ބިލިއަން ރުފިޔާއެވެ. ޓެކްސް އަދި އެހެނިހެން ގޮތްގޮތުން ލިބިފައިވާ އާމްދަނީވެސް ނިމިދިޔަ އަހަރަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. ރިކަރެންޓު ހަރަދުތައް ހުރީ ނިމިދިޔަ އަހަރަށްވުރެ ދަށުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: