ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ މަސައްކަތްތައް ދަނީ ރަނގަޅަށްތޯ ބެލުމަށް އިންޓާނަލް އޮޑިޓުތައް ހެދުން މުހިންމު: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލަތަކުގެ މަސައްކަތްތައް ދަނީ ރަނގަޅަށްތޯ ބެލުމަށްޓަކައި އިންޓާނަލް އޮޑިޓުތައް ހެދުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ރިޔާޒް ވިދާޅުވީ ކައުންސިލްތައް އޮޑިޓްކުރުމަށް ބަލާއިރު އަމިއްލަ އޮޑިޓް ފާމްތަކާއި ސަރުކާރުގެ އޮޑިޓަރ ޖެނެރަލްވެސް ހުންނެވި ކަމަށެވެ. މެމްބަރު ވިދާޅުވީ އޮޑިޓެއް ކުރަން ޖެހޭނީ އާއްމު ރައްޔިތަކު ޝަކުވާއެއް ކޮށްގެން ނޫން ކަމަށާއި އެކަން ވާން ޖެހޭނީ އޮންނަ ނިޒާމުގެ ތެރެއިން ކަމަށެވެ.

ކޮންމެ ފަސް އަހަރަކުން ހުރިހާ ކައުންސިލެއް ހިމެނޭގޮތަށް އޮޑިޓު ކުރެވޭނެ ރަނގަޅު އިންތިޒާމެއް އޮންނަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އާއްމުކޮށް އޮޑިޓު ކުރަން އަންނަނީ ކޮންމެވެސް ކަމެއް ހިނގީމަ ނުވަތަ ބަޔަކު ޝަކުވާއެއް ކޮށްގެން ކަމަށެވެ. މެމްބަރު ވިދާޅުވީ ކައުންސިލްތައް ކޮންމެހެން އޮޑިޓުކުރަން ޖެހެނީ، އޮޑިޓު އޮފީހުންވެސް ނޫން ކަމަށެވެ.

”މިސާލަކަށް އަޅުގަނޑުމީ ކައުންސިލެއްގެ ރައީސް ކަމުގައި ވާނަމަ އަޅުގަނޑުމެންގެ އިންޓާނަލް އޮޑިޓުތައް ކުރަން ޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ބިޑު ކޮމިޓީވެސް އެބަ އޮވޭ، އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަ އޮވޭ ވަސީލަތްތައް ގާއިމްކުރެވިފައި. އަޅުގަނޑުމެންވެސް އަހަރަކު އެއްފަހަރު ނަމަވެސް ނުވަތަ 6 މަހުން ނަމަވެސް ކަންކަން ދަނީ ރަނގަޅަށް ތޯ ބެލުމަށްޓަކައި އިންޓާނަލް އޮޑިޓުތަކެއްވެސް ކުރައްވަން ޖެހޭ. އޭރުން އެބޭފުޅުންނަށް މުސްތަގު ބަލުގައި ފެނިގެން ދާނެ، އޮޑިޓާ ޖެނެރަލްއިން ފޮނުވާ ޓީމަކުންވެސް މަސައްކަތް ކުރާއިރު އަޚުގަނޑުމެންނަށް މަސައްކަތް ކުރެވިފައި ހުރީ ރަނގަޅަށް ތޯ“

މެމްބަރު ވިދާޅުވީ އިންޓަނަލް އޮޑިޓުތައް ހަދަން ޖެހޭ ކަމަށާއި އެއީ ދުރުމުސްތަގުބަލަށް ވަރަށް ފައިދާ ހުރި ކަމެއް ކަމަށެވެ. މެމްބަރު ވިދާޅުވީ ކައުންސިލްތަކުން ކުރާ ދަތުރުތަކަށް ބަލާއިރު ތަޖުރިބާ ދަތުރުތައް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ގައުމުތަކުގައި ކަންކަން ހިނގާގޮތް ބެލުމަށްފަހު ރާއްޖެ އަނބުރާ ވަޑައިގެން އެ ތަޖުރިބާގެ އަލީގައި ތަރައްގީތައް ނުގެނެވޭ ނަމަ އެވާހަކަތައް ދައްކާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އެފަދަ މަސައްކަތްތަކެއް ކުރާ ކަމުގައި ވާނަމަ، ރައްޔިތުން އެކަމާއި މެދު ހިންހަމަ ޖެހޭނެ ކަމަށާއި އަދި ކައުންސިލުން ބޭކާރު ދަތުރުތަކެއް ކުރާ ކަމަށް ނުބުނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: