ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގް ކުށްތަކުގެ ޤާނޫނަށް އަހުލުވެރި ކުރުވުމުގެ މަސައްކަތް ބާރަށް ކުރިއަށް!

ގޭންގް ކުށްތައް ހުއްޓުވުމާ ގުޅޭ ޤާނޫނަށް އަހުލުވެރި ކުރުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އޯގަސްޓު 25 ވަނަ ދުވަހު ގޭންގް ކުށްތަކުގެ ޤާނޫނަށް އަމަލުކުރަން ފަށާއިރު، އެ ޤާނޫނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ފަށައިފިއެވެ.

”ސަންގަށް“ މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން ފުލުހުންގެ ތަހުގީގީ އޮފިސަރުންނާއި، ފްރަންޓްލައިންގައި މަސައްކަތް ކުރާ އޮފިސަރުން ޤާނޫނަށް އަހުލުވެރި ކުރުމުގެ ތަމްރީނުތައް ކުރިއަށްދާނެ ކަމަށެވެ. އަދި މި ތަމްރީނުތައް ފޯރުކޮށްދޭނީ ޕީޖީ އޮފީހުގެ ވަކީލުންކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، ކުރިއަށް އޮތް ތަނުގައި ގުޅުންހުރި އެހެނިހެން މުއައްސަސާތަކަށްވެސް މި ތަމްރީނުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ނޫސްވެރިންވެސް ހިމެނެއެވެ.

މި ތަމްރީނުތަކުގެ ޒަރިއްޔާއިން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި،  ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ވަމުންދާ ތައްޔާރީތައް ހިއްސާކުރުން ހިމެނެއެވެ.

މީގެ އިތުރުން،  ގޭންގް އަދި ނުރައްކާތެރި ކުށުގެ މައްސަލަތަކަށް ޤާނޫނުން ލިބިދޭ ޙައްލުތައް ކިޔާދިނުމާއި،  އެފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުން، ޕީޖީ އަދި ކޯޓުތަކަށް ލިބިދޭ ޚާއްޞަ ބާރުތަކަށް އަހުލުވެރި ކުރުވުންވެސް ކުރިއަށް ދެއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: