ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ރެގިއުލޭޝަންގެ ބިލާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރުމުން އެމްއެމްސީން ބިލު އިތުރަށް ދިރާސާ ކުރަނީ!

މޯލްޑިވްސް މީޑިއާ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާ ގުޅޭގޮތުން ކަންބޮޑުވުންތައް ހުރުމާއެކު ބިލު އިތުރަށް ދިރާސާ ކުރަމުންދާކަމަށް މީޑިއާ ކައުންސިލުން ބުނެފިއެވެ.

‎މި ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ، މުޅި ބިލު ފަރުމާކޮށްފައިވަނީ، ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އެގޮތުން މީޑިއާތައް  ރެގިއުލޭޓް ކުރުމަށް މިހާރު މި އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް މި ބިލުގައި ހިމަނާފައިވާކަމަށް އެމްއެމްސީން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް މި ބިލު ހުށަހެޅުއްވި މެމްބަރު ވަނީ މި ބިލާއެކު އުފެދޭ މީޑިއާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ އިންތިޚާބުވާ ނޫސްވެރިންނަށްކަން ފާހަގަ ކުރައްވާފައެވެ.

‎އެމްއެމްސީން ބުނީ، މި ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތުން އަދި މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތް ގޮތުން  މީޑިއާތައް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް  ހުރަސް އެޅި، ވަރަށް ބޮޑަށް ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ލިބިދޭނެ ކަމަށް އެ ކައުންސިލުން ދެކޭކަމަށެވެ.

‎މީގެ އިތުރުން، ނޫސްވެރިން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ އެއްވެސް މައުލޫމާތެއްގެ މަސްދަރު އެއްވެސް މީހަކަށް  ހާމަ ކުރުމަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މި ބިލު އެކުލަވާފައިވަނީ އެ ހައްގުވެސް ނިގުޅައިގަނެވޭ ގޮތަށްކަން އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

‎އޭގެ އިތުރުން، މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައި އިބާރާތްތަކީ، ސާފު އިބާރާތްތަކަށް ނުވާތީ، އެ އިބާރާތްތައް ބޭނުން ގޮތަކަށް  މާނަކޮށްގެން ނާޖާއިޒު މަންފާ ނެގޭނެ ގޮތަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށާއި، އަދި މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވި، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް، އެ މީޑިއާއެއް  ހުއްޓުވާލުމުގެ ބާރު މި އުފައްދާ ކޮމިޝަނަށް ބިލުން ދީފައިވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެމްއެމްސީން ސިފަކޮށްފައިވާ ގޮތުގައި މި ބިލަކީ ގާނޫނުއަސާސީގެ ރޫހާވެސް ހިލާފަށް އޮތް ބިލެކެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެ ކައުންސިލުން ދެކޭކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު، މިއީ ބުރަ މަސައްކަތުން ހޯދައިފައިވާ ނޫސްވެރިކަމުގެ މިނވަންކަން އެތައް އަހަރެއް ފަހަތަށް ގޮސް، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ މިހާރު ލިބިފައި އޮތް ދަރަޖަ ވަރަށް ބޮޑަށް ވެއްޓިގެން ދާނެ ކަމެއްކަމަށްވެސް އެމްއެމްސީން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: