ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރުން ބިލު ދިރާސާ ކުރެއްވުމަށް އެދިވަޑައިގަތުމުން މީޑިއާ ކޮމިޝަން ބިލުގެ ބަހުސް މެނދުކަނޑާލައިފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރަނގަޅަށް ބިލު ދިރާސާ ކުރެއްވުމަށް އެދިވަޑައިގެން، މޯލްޑީވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ ބަހުސް މެނދުކަނޑާލައިފިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހުރިހާ މެންބަރުންވެސް މި ބިލަށް ވާހަކަދައްކަވަން އެދިވަޑައިގަންނަވާކަމަށެވެ. އަދި ބައެއް މެންބަރުންގެ ވާހަކައިން ބިލު އިތުރަށް ދިރާސާ ކުރެއްވުމަށް ވަގުތު ބޭނުންވާކަން ހާމަވިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންވެ މިއަދަށް ބިލުގެ ބަހުސް ވަނީ މެދުކަނޑާލާފައެވެ. އަބްދުއްރަހީމް ވިދާޅުވީ އެއީ ހަގީގަތުގެ މައްޗަށް ބިނާކޮށް ބިލަށް ބަހުސް ކުރުމުގެ ފުރުސަތު ދޭންކަމަށެވެ.

ބިލުގެ މަޤްސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމެވެ.

ބިލުގައި ބުނެފައިވާ ގޮތުން އަލަށް އުފައްދާ ކޮމިޝަންގެ ހަތް މެމްބަރުންގެ ތެރެއިން، ހަތަރު މެމްބަރުންނަކީ ރައީސުލްޖުމްހުރިއްޔާ މަޖިލީހަށް ހުށަހަޅުއްވައިގެން ފާސްކޮށްގެން އައްޔަންކުރާ މެމްބަރުންނެވެ. އަނެއް ތިން މެމްބަރުންނަކީ މީޑިއާތަކުން ވޯޓުދީގެން އައްޔަން ކުރާ މެމްބަރުންނެވެ.

މި ބިލުގަައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ތެދު ޚަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ ކަމަށާއި، ދައުލަތުގެ 4 ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: