ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ މެމްބަރުން އެމްޑީޕީގެ ވާހަކަތަކަށް އެއްބަސްވާތަން ނުފެންނަނީ ގާނޫނީގޮތުން ހިފެހެއްޓިފައިތިބުމުން: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް / ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން މަޖިލީހުގައި ދައްކާ ވާހަކަތަކަށާއި ކުރާ މަސައްކަތްތަކަށް ޕީއެންސީގެ ގިނަ މެމްބަރުން އެއްބަސްވާކަމަށާއި އެކަން ފެނިގެންނުދަނީ ގާނޫނީގޮތުން ހިފެހެއްޓިފައިވާ މިންވަރު ބޮޑުވުމުންކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެމްބަރު ނާޒިލްވަނީ ސަރުކާރުން މާލިއްޔާތުގެ ނަހަމަ ބޭނުންތައް ކުރަމުންދާކަމަށް ފާހަގަކުރައްވާފައެވެ. އަދި އެފަދަ އަމަލުތައް ހިންގުމުގެ ބޭނުމަކީ ވޯޓާއި ހިސާބަށްދާއިރު ވޯޓު ގަނެގެން އިންތިހާބު ކާމިޔާބުކުރުންކަމަށް ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ، ރަނގަޅަށް މަސައްކަތްތައް ކުރިއަށް ގެންދާނަމަ މި ސަރުކާރު ވެރިކަމަށް އައިއިރު ބުނެފައިވާގޮތަށް ފްލެޓާއި ގޯތިތައް ދޫކޮށް ނިންމާފައިވާނެކަމަށެވެ.

ލޯނު ދައްކާނެ ފައިސާ ނެތްއިރު ސަރުކާރުން ކުރަމުންދާ އުސޫލުން ހަރަދުކުރަމުންދަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލުކުރެއްވިއެވެ. އަދި އެމްއެމްއޭއަށް ޒިޔާރަތްކޮށް ގަވަނަރާއި ސުވާލުކުރުމުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ލޯނު ދެއްކިދާނެކަމުގެ ޔަގީންކަން ނުދެއްވުނުކަމަށް ހިއްސާކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ލޯނުތަކުގެ ތެރެއިން ދެއްކޭނީ ކޮން މިންވަރެއްކަންވެސް ޔަގީން ނުކޮށްދެވުނުކަމަށާއި އެންމެ ޕަސެންޓެއްވެސް ދެއްކޭނެކަމަށް ވިދާޅުނުވިކަމަށެވެ.

ރައްޔިތުންގެ ތެރޭގައި އޮތް ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވާ ނާޒިލް ވިދާޅުވީ، ހަމައެކަނި ފުށިދިއްގަރުފަޅަށްވެސް 3 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއް ހޭދަކޮށްގެން ވެލި އެޅުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. މެމްބަރުވަނީ މިވަގުތު އެކަން ކުރުންތޯ މުހިންމީ ސުވާލު އުފައްދަވާފައެވެ. އަދި ޑްރޯން ގަތުން ތޯ ނޫނީ މަނަަވަރާއި މިސައިލާއި ޓޭންކަރު ގަތުންތޯ މުހިންމީ ސުވާލު ކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ، ދިވެހި ރައްޔިތުން ހަނާވަމުންދާކަމަށާއި ކަންމަތީ ފިހާރަތަކުގެ ވިޔަފާރިތައް ހީނަރުވަމުންދާކަމަށެވެ. އަދި މިހާރު އާންމު ވިޔަފާރިތައްވެސް ހަލާކުވެ ނެތެމުންދާކަމަށާއި ރައްޔިތުން ބުނާގޮތުން ކުދި ވިޔަފާރިތައް އެކީ އެއްކޮށް ހުލިވެފައިވާކަމަަށެވެ. އަދި މިވާހަކަތައް ދެއްކުމުން މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންގެ ތެރެއިން މަދު މެމްބަރުންތަކެއް ހިތްހަމަނުޖެހުނު ނަމަވެސް ގިނަ މެމްބަރުން އެއްބަސްވާކަމަށް މައުލޫމާތު ދެއްވިއެވެ.

މެމްބަރު ވިދާޅުވީ، އެ މެމްބަރުންގެ ބޭރުގެ ކުލަ ކޮންމެ ގޮތަކަށް ހުއްޓަސް އެތެރެއިން ތިބީ އެމްޑީޕީއާއިއެކު ކަމަށާއި އެއީ ހަގީގަތްކަމަށެވެ. އަދި ބޭރުގެ ކުލަ ބަދަލުކުރަން ނުކެރިގެން އުޅެނީ ގާނޫނުގެ ތެރެއިން މެމްބަރުން ހިފެހެއްޓިފައިވާ މިންވަރު ބޮޑުވުމުންކަމަށާއި ނަމަވެސް ގާނޫނު އެގޮތަށް އޮތަސް މެމްބަރުން އެމްޑީޕީއާއިއެކު ތިބޭނެކަން ސާފުވާކަމަށް ފާހަގަކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ، ރައްޔިތުން މަގުތަކަށް ނުކުނަން ޖެހޭކަމަށާއި މިހާރު އޮތް ސަރުކާރު ޖަވާބުދާރީކުރުވަންޖެހޭކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތުގެ މަތިން ގައުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ މި މަސައްކަތްތަކުގައި އެމްޑީޕީއާއި ބައިވެރިވެގެންކަމަށްވެް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: