ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތަކާ މަޝްވަރާނުކޮށް މަޖިލީހަށް ބިލު ހުށަހެޅުމުން އެމްޖޭއޭގެ ކަންބޮޑުވުން!

ނޫސްވެރިން މަޖިލީހުގައި އިހުތިޖާޖު ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން މީޑިއާތަކުގެ މަޝްވަރާއެއް ހޯދާފައިނުވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނީ ބިލު ފަރުމާކޮށްފައި ވަނީ މީޑިއާތަކުގެ ޙައްޤުތައް ގެއްލޭގޮތަށް ކަމަށެވެ.

ހަމައެއާއެކު، މި ބިލުގައި ނޫސްވެރިންނާއި މީޑިއާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާ، ނާޖާއިޒު މަންފާ ނެގޭނެ ފަދަ ގިނަ އިބާރާތްތަކެއް ހިމެނިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ނޫސްތައް ބަންދުކޮށް ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ އެކަމާ ދެކޮޅު ހަދާ ސަބަބުތައް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން، އެފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުންވެސް އެ ޖަމިއްޔާއިން ވަނީ ފާޅުކޮށްފައެވެ.

އެ ޖަމިއްޔާ އިން ބުނީ ރައީސް އައްޔަންކުރައްވާ މެމްބަރުން ތިއްބަވާ އަދި ރައީސް ކަނޑައަޅުއްވާ ރައީސެއް ހުންނަވާ ކޮމިޝަނުން މީޑިއާތައް ރެގިއުލޭޓްކުރުމަކީ އެއްވެސް ގޮތަކުން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި، އަދި އެ ކޮމިޝަނަށް އިންތިހާބުކުރާ މެންބަރުން ވެސް މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: