ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބުރާ އިއްޒަތަށް އަރައިގަންނަން ފެށީ 2004 ވަނަ އަހަރާ ގާތުން: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިހާރު ފެންނަ މިންވަރަށް އަބުރާއި އިއްޒަތަށް އަރައިގަތުމުގެ މަސައްކަތް ފެށިގެން އައީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ދުވަސްވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި މީޑިއާ ރެގިއުލޭޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ، މީޑިއާއަކީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވޭ ދާއިރާއެއް ކަމަށާއި، އެ ބާރު ބޭނުންކުރަންވާނީ މުޖުތަމައު ފަސާދަނުވާނެ ގޮތެއްގެ މަތިން ކަމަށެވެ.

”މީޑިއާގެ މަސައްކަތްތައް ހުންނަންވާނީ އެންމެ ހަމަޖެހޭ ގޮތެއްގެ މަތިން ބައްޓަންކުރެވިފައި. މީހުންގެ އަބުރާއި އިއްޒަތާއި ކަރާމާތަށް އަރައިނުގަނެ، ހަގީގަތަށް ކަން ހިނގާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،“ ސަލީމް ވިދާޅުވިއެވެ.

މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުންވެސް އެއްވެސް މީހެއްގެ އަބުރާއި އިއްޒަތް ކަތިލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، އެއީ އިސްލާމްދީނުގައިވެސް ހަރާމްކުރައްވާފައިވާ ކަމެއްކަން ސަލީމް ފާހަގަކުރެއްވިއެވެ. އަދި ކީރިތި ރަސޫލާގެ ސީރަތުންވެސް މިކަން ސާފުކޮށް އެނގެން އޮތް ކަމަށް އެމެންބަރު ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ރާއްޖޭގައި މިފަދަ އަމަލުތައް މިހާރު އޮތް މިންގަނޑުގައި ފެންނަން ފެށީ 2004 ވަނަ އަހަރާ ގާތުން ކަމަށާއި، ނޫސްވެރިންގެ އިތުރުން ސޯޝަލް މީޑިއާގައިވެސް އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު ވާހަކަތައް ދެކެވެމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރެއްވިއެވެ.

އެމެންބަރު އިތުރަށް ވިދާޅުވީ، މިކަންކަން ވަކި މިންގަނޑެއްގެ ތެރޭގައި ބެހެއްޓުމަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި، އިސްލާމްދީނުގައި އިންސާނުންގެ އިއްޒަތާއި ކަރާމާތް އަދި އައިބުތައް ފޮރުވައިދީ ރައްކާތެރިކޮށްދިނުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: