ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ޤާނޫނުގެ އިސްލާޙާއެކު ޚިދުމަތްތަކުގެ އަގު ހެޔޮ ކުރުމުގެ ފުރަތަމަ ބާބު ފެށިއްޖެ: އިބްރާހިމް

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙާއެކު ޚިދުމަތްތަކުގެ އަގު ހެޔޮ ކުރުމުގެ ފުރަތަމަ ބާބު ފެށިގެން ގޮސްފައިވާކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.

މެމްބަރު އެފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު ވިދާޅުވީ،  ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވަނީ ވަރަށް މުހިއްމު އިސްލާޙުތަކެއް ކަމަށާއި، މިއީ ވަކި ކައުންސިލަކަށް އަމާޒުކޮށްގެން ސަރުކާރުން ގެނެސްފައިވާ އިސްލާޙެއް ނޫން ކަމަށެވެ.

މި ޤާނޫނަށް އިސްލާޙު ގެނެވިފައިވަނީ ވަކި ކައުންސިލަކާ ދެކޮޅަށް ވަކި ކަންތައްތަކެއް ކުރާކަށް ނޫން

މެމްބަރު ވިދާޅުވީ، ދުނިޔެ ބަދަލުވެގެންދާ ވަރަކަށް ޤާނޫނުތަކަށްވެސް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހޭނެ ކަމަށާއި، ރައްޔިތުންނަށް މަންފާވާ ގޮތަށް ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ވެރިންގެ މައްޗަށްވެސް ލާޒިމު ކަމެއް ކަމަށެވެ. މިއަދުގެ ސަރުކާރުން މި އިސްލާޙުތައް ގެނެސްފައިވާ މައިގަނޑު ސަބަބަކީވެސް އެއީކަމަށް މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ޤާނޫނަށް މައިގަނޑު 5 އިސްލާޙެއް ގެނެސްފައިވާއިރު، ރަށްރަށުގެ އަސާސީ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ މަންފާ ކަށަވަރު ކުރެވޭފަދަ އިސްލާޙުތައް ހިމެނިފައިވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، މި އިސްލާޙުތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުން ހޯދާ ޚިދުމަތްތަކުގެ އަގު ހެޔޮ ކުރުމުގެ ފުރަތަމަ ބާބު ފެށިގެން ގޮސްފައިވާ ކަމަށެވެ.

ރައްޔިތުންނަށް މި ތަންތަނުން ދޭ ޚިދުމަތް އިތުރަށް ރަނގަޅު ކުރެވި، މި ތަންތަނުން ދޭ ޚިދުމަތްތައް އިތުރަށް އަގުހެޔޮ ކުރެވޭނެ ނިޒާމެއް ޤާއިމު ކުރުމަށްޓަކައި އޭގެ ފުރަތަމަ ބާބު މި ފެށިގެން ދިޔައީ

މެމްބަރު ވިދާޅުވީ، ވަކި ޕާޓީއެއްގެ ފިކުރާއި ކުލަ ދެމެހެއްޓުމުގެ މަޤްސަދުގައި މަސައްކަތް ކުރުން މަތީ ދެމިތިބެގެން ނުފުދޭ ކަމަށާއި، އެންމެ ފުރަތަމަ އިޚްލާސްތެރިވާން ޖެހޭނީ ރައްޔިތުންނަށް ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުންވެސް އިސްކުރަން ޖެހޭނީ ރައްޔިތުންގެ މަސްލަޙަތުކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، މި އިސްލާޙުތަކަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަގައިގެން ގެނެސްފައިވާ އިސްލާޙުތަކެއްކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، މި އިސްލާޙުތަކުގެ ހުރިހާ މޮޅެއްވެސް ވާނީ ރައްޔިތުންނަށް ކަމަށެވެ.

މި އިސްލާޙުތަކާ ދެކޮޅަށް އެކި ކައުންސިލުތަކުން ބަޔާން ނެރެފައިވާއިރު، އެކަމާ ގުޅޭގޮތުން މެމްބަރު ވިދާޅުވީ، އެއީ ޕާޓީގެފިކުރު ހިމާޔަތް ކުރުމަށްޓަކައި، ބަޔަކު ލިޔެފައި ފޮނުވުމުން ބައެއް ކައުންސިލުތަކުން ނެރެފައިވާ ބަޔާންތަކެއް ކަމަށެވެ. އަދި އެއީ ޒިންމާދާރު ކަމެއްވެސް ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ.

ހަމައެއާއެކު، ޤާނޫނުތަކަށް އިސްލާޙުތައް ގެންނަން ޖެހުނީވެސް ބައެއް ކައުންސިލުތަކުން ޒިންމާދާރުކަން ކުޑަކޮށް ކަންކަން ކުރަމުންދާތީކަމަށްވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: