ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑީއާ ވިލެޖާއެކު ފަސް ތަރީގެ ހޮޓަލެއް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މީޑިއާ ވިލެޖާ އެކު ފަސް ތަރީގެ ހޮޓަލެއް ހެދުމަށް އެއްބަސް ވުމުގައި ސޮއިކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑީއާ ވިލެޖާއެކު ފަސް ތަރީގެ ހޮޓަލެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީގެ އިތުރުން އެ ކުންފުނީގެ ސީސީއޯ އަހުމަދު އަސްލަމެވެ. ވޯލްޑް އޮފް ބިޒްނަސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނައީމް އާއި ސީއީއޯ ފަހޭޒް ޕަންގަތުގެ އިތުރުން ސީއޯއޯ އަލީ ނާހިޒެވެ.

މިއީ އެޗްޑީސީއިން 2007 ވަނަ އަހަރު ހުޅުމާލޭ ފޭސް އެކަކުން ހޯދި ބިމެކެވެ.

މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ އަހަރީ ޖަލްސާގައި އެ ކުންފުނީގެ ވިޝަންއާ ނުގުޅޭ ވިޔަފާރިތައް ހުއްޓާލަން ނިންމުމާ ގުޅިގެން، ފާއިތުވި އެއްވެސް ވެރިކަމެއްގައި ބެނުން ނުކޮށް ހަލާކުވާން 17 އަހަރު ވަންދެން ދޫކޮށްލާފައިވާ 34 މިލިއަން ޑޮލަރުގެ އިމާރާތް ބޭނުން ކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

އެތަނުގައި މީޑިއާ ވިލެޖާއި، މެޑިކަލް ކޮލެޖާއި، ތަރިކަ ކޮލެޖާއި، ޔޫތް ސެންޓަރެއް ގާއިމް ކުރުމަށް މިހާރު ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރުމަށް ވާހަކަދައްކާފައިވަނީ ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީއާއެވެ.

ހުޅުމާލޭގައި ހަދާ މެންހެޓަން ގްރޭންޑް ހުޅުވިގެންދާއިރު، އެތަނުގައި 158 ކޮޓަރިއާއި މަލްޓިޕާޕަސް ހޯލާއި، ކޮންފަރެންސް ހޯލްތަކާއި، ސްވިމިން ޕޫލާއި، ބައިނަލްއަގްވާމީ ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި، ޖިމް އާއި ސްޕާގެ ހިދުމަތް ގާއިމްކުރެވިގެންދާނެއެވެ. ފަންގިފިލާ ހާއްސަ ކުރެވިގެންދާނީ ރާއިސް ރައްޔިތުންނަށް ވެފައިވާ ހަތަރު ވައުދު ފުއްދާ ދިނުމަށްކަމަށް ފާހަގަކޮށްލެވެއެވެ.

މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް އަދި ގައުމިއްޔަތު އިންސްޓިޓިއުޓްގެ އިތުރުން އެމްއެންޔޫ މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެއެވެ. މިތަންތަން އެއްކޮށް ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: