ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާރިސާތަކުން ދުރާލާ ރައްކާތެރިވުމަށް ނިޒާމެއް ޤާއިމުކޮށް ފުވައްމުލަކުގައި ޕައިލެޓް ޕްރޮގްރާމެއް!

ޏ ފުވައްމުލަކުގައި މަލްޓި-ހަޒާޑު އާރލީ ވޯރނިންގް ސިސްޓަމް ޤާއިމުކޮށް ޕައިލެޓް ޕްރޮގްރާމް ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޏ ފުވައްމުލަކުގައި މަލްޓި-ހަޒާޑު އާރލީ ވޯރނިންގް ސިސްޓަމް ޤާއިމުކޮށް ޕައިލެޓް ޕްރޮގްރާމް ފަށައިފިއެވެ.

މި ސިސްޓަމަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން އިސްނަގައިގެން ، ވޯރލްޑް ބޭންކުގެ އެހީގައި ހިންގާ ޑިޖިޓަލް މޯލްޑިވްސް  ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާރސިފިކޭޝަން (ޑީ.މެޑް) ޕްރޮޖެކްޓުގެ މުހިއްމު ބައެކެވެ.

މި މަޝްރޫޢަކީ، ޑިޖިޓަލް މޯލްޑިވްސް އެޖެންޑާގެ ދަށުން ކަނޑައެޅިފައިވާ ޤައުމީ ލަނޑުދަނޑިތަކާއި ގުޅިފައިވާ މަޝްރޫއެކެވެ. އެގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް 2.0 ގައި އިސްކަންދެއްވާފައިވާ އެމަނިކުފާނުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން  އެޖެންޑާގައިވާ ގޮތުގެ މަތިން، އައު ޓެކްނޮލޮޖީގެ އެހީގައި މޫސުމަށް  އަންނަ ބަދަލުތައް ދިރާސާކޮށް ބެލުމަށްޓަކައި ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމަށް މި މަޝްރޫޢުއިން އެހީތެރިވެދޭނެއެވެ.

ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި މި ޤާއިމު ކުރެވޭ މަލްޓި-ހަޒާޑު އާރލީ ވޯރނިންގް ސިސްޓަމަކީ އިނގެރޭސިވިލާތުގެ ސަލްފޯރޑް ޔުނިވާރސިޓީ އާއި ގުޅިގެން އުފެއްދިފައިވާ ސިސްޓަމެކެވެ. މި ސިސްޓަމަކީ ކާރިސާއެއް ކުރިމަތިވުމުން އެކަމަކަށް ރިއެކްޓްކުރުމުގެ ބަދަލުގައި އެ ހާދިސާ އަކަށް ބިނާކޮށް ދުރާލާ ތައްޔާރީތައް ވުމަށް އެހީވެދޭނެ ސިސްޓަމެކެވެ.

އެހެންކަމުން މިއީ ހަމައެކަނި ޓެކްނޮލޮޖީގެ ގޮތުން ލިބޭ ކުރިއެރުމެއް ނޫންކަމަށާއި، މިއީ މުޖުތަމަޢު ރައްކާތެރިކުރުމަށްވެސް މުހިއްމު ކަމެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މިސިސްޓަމުގެ ފުރަތަމަފިޔަވަހީގެ ތެރޭގައި ހިމެނޭނީ ފަހުގެ ޒަމާނީ ފޯކާސްޓިންގ މޮޑަލްތަކާއި، އިންޒާރުދޭ ނިޒާމުތަކާއި ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފިޔަވަޅު އެޅުމަށް ބޭނުންވާނެ ނިންމުންތައް ނިންމުމުގެ ވަޞީލަތްތަކެވެ.

މި ސިސްޓަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (އެމް.އެމް.އެސް)، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ތަޖުރިބާ އެކުލަވާލެވިފައިވެއެވެ.

މިސިސްޓަމުގެ ސަބަބުން، އެދި އިދާރީ ދާއިރާތައް އެއް ވިއުގައެއްގެ ތެރެއިން ގުޅުވާލެވި،ވަގުތުނުގެއްލޭ ގޮތަށް ލާމަރުކަޒީ އުޞޫލުން މަސައްކަތްކުރެވޭނެ. މިކަމަކީ، ރަށުފެންވަރުން މުޅި މުޖުތަމަޢުގެ ބައިވެރިވުން ހިމެނިގެން ކުރިއަށްދިއުމަށް އިސްކަންދެވޭނެއެވެ.

ފުވައްމުލަކުގައި މި ޤާއިމުކުރެވުނު ސިސްޓަމަކީ އަދި ޕައިލެޓް ސިސްޓަމަކަށް ވިއަސް، މި ސިސްޓަމް ފަރުމާކުރެވިފައިވަނީ އިތުރަށް ފުޅާކޮށް ފުރިހަމަ ކުރެވޭނެގޮތަކަށެވެ.

ހަމައެއާއެކު، މި ޕްލޭން އެކުލަވާލެވިފައިވަނީ ލާމަރުކަޒީ ގޮތުންނާއި، ޑިޖިޓަލް އުފެއްދުންތަކާއި ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭގޮތަށެވެ.

ދިވެހިރާއްޖެ ފަދަ ޖަޒީރާ ރަށްތަކަކީ، މޫސުމީ ބަދަލު ތަކުގެ ސަބަބުން ޤުދުރަތީ ކާރިސާތަކަށް ހުށަހެޅިފައިވާ ޤައުމެއް ކަމަށްވާއިރު، މޫސުމަށް އަންނަ އެކި ބަދަލުތަކުގެ ސަބަބުން، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށްތައް ގިރުމާއި، އުދައެރުން ވަނީ އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: