ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތާގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކާތާއި ގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ޒަކާތާއި ގުޅޭ މޯބައިލް އެޕްލިކޭޝަނަކީ ޒަކާތު ހައުސްގެ ޚިދުމަތްތަކާއި މަޢުލޫމާތުތައް އެއްތަނަކުން ފަސޭހައިން އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤުސަދު ހެދުމަށް ހަމަޖެހިފައިވާ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަންގެ މަސައްކަތް ނިމުމުން މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ޒަކާތް ދައްކަން ޖެހޭ ވަރު ހިސާބު ކުރެވޭނެ އިންތިޒާމާއި، ޒަކާތާއި ގުޅޭ އޮންލައިން ލައިބްރަރީއަކާއި ޒަކާތު ހައުސްއިން ދެމުންދާ ޚިދުމަތްތައް އާއްމުންނަށް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވުޒާރާއިން ވަނީ އެދިލައްވާފައެވެ. މިކަމާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން 2025 އޮގަސްޓް 25 ވާ  ހޯމަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ވަނީ ހަމެޖެހިފައެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 އޮގަސްޓް 23 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުމަށް ވުޒާރާއިން އެދެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން 2025 ސެޕްޓެމްބަރު 02 ވާ އަންގާރަ ދުވަހުގެ 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: