އެމްއޭސީއެލްއިން ކުރިއަށް ގެންދާ ފުލް ސްކޭލް އެމަރޖެންސީ އެކްސަސައިޒަކީ (އެފެކްސް) ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބޭއްވޭ އެންމެ ބޮޑު ތަމްރީނު ހަރަކާތް ކަމަށް އެކުންފުނިން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އެމްއޭސީލްއިން ބުނެފައިވަނީ އެފެކްސްއަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ ސަބަނުން އެއާޕޯޓުގައި އިމަރޖެންސޯ ހާލަތެއް އަންނަ ކަމުގައި ވާނަމަ ތައްޔާރުކޮށްފައިވާ ޕްލޭންގައި ވާގޮތަށް އެކަންކަން އަދާ ކުރެވޭތޯ ބަލައި ރަނގަޅުކުރަން ހުރި ކަންކަންވެސް ބެލިގެން ދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
އެމްއޭސީއެލްއިން ބުނެފައިވަނީ މި ފަހަރުގެ ޕްލޭންގައިވެސް އެހެން އަހަރުތަކެކޭ އެއްފަދައިން އެކި ސަރުކާރު އެކި މުވައްސަސާތައް ބައިވެރިވާނެ ކަމަށެވެ. އަދި ބައެއް ޖަމިއްޔާތައްވެސް ހިމޭގޮތަށް 30 އިދާރާއެއް ޝާމިލް ވާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. ކޮންމެ އިދާރާއަކަށްވެސް އެކަމާއި ގުޅުންހުރި ވަކި ކަމެއް ހަވާލުކުރެވި މިކަމާއި ގުޅުންހުރި ތަމްރީނުތައް ވެސް ދީފައިވާ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
”އެމްއޭސީއެލްއިން ކުރިއަށް ގެންދާ ފުލް ސްކޭލް އެމަރޖެންސީ އެކްސަސައިޒަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބޭއްވޭ އެންމެ ބޮޑު ތަމްރީނު ހަރަކާތް. މި ތަމްރީން ހަރާކާތުން އަޅުގަނޑުމެންނަށް ބައިވަރު ކަންތައްތަކެއް ހާސިލްވެގެންދޭ“
އެމްއޭސީއެލްއިން ބުނެފައިވަނީ މި އެކްސަރސައިޒް ފެށުމަށް ނިންމާފައިވަނީ ސެޕްޓެމްބަރ 8 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި މި އެކްސަރސައިޒް އެދުވަހުގެ 15:00 – 21:00 އަށް ކުރިއަށް ދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. 17:00 ޖަހާއިރު އެއަރޕޯޓުގެ އޮޕަރޭޝަންތައް ފެށިގެންދާނެ ކަމަށާއި، އެހެންނަމަވެސް އެއާއިއެކު އެމެޖެންސީގެ ހަރަކާތްތައްވެސް ކުރިއަށް ދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
މީގެއިތުރަށް އެމްއޭސީއެލްއިން ބުނެފައިވަނީ އެ އެކްސަސައިޒްތައް ކުރިއަށް ގެންދާއިރު، ދުން އެރުމާއި، އެމެޖެންސީ ހާލަތުގައި ބެނުންކުރާނެ ވެހިކަލްތަކުގެ ސައިރެންތަކާއި އެފަދަ ކަންކަމަށް އާއްމުން ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށެވެ.

