ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ހަރަދުތަކާއި ގުޅޭ އިސްލާހު ބާތިލުކޮށްދޭން އެދި އެމްޑީޕީ ހައިކޯޓަށް

ކުރީގެ ރައީސް ސޯލިހު ރ. ހުޅުދުއްފާރު ކައުންސިލް މެންބަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ މާލީ މަސައްކަތްތަކާއި ގުޅޭ ގޮތުން ދާދިފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލުކޮށްދޭން އެދި އިދިކޮޅު އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އިސްލާހުގެ މައްސަލައިގައި އެމްޑީޕީ އެދިފައި ވަނީ، ދެ މާއްދާއެއް ބާތިލުކޮށްދިނުމަށެވެ. އެއީ ކައުންސިލްގެ ދައުރުގެ ފަހު އަހަރު މާލީ ބައެއް މަސައްކަތް ކުރުމުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީއާއި، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ގޮތަށް އޮތް މާއްދާއާއި، އިންވެސްޓްމަންޓުތައް ނުވަތަ ރައުސްމާލުގެ މިންވަރު 10 މިލިއަނަށް ވުރެ މަތިވާން ޖެހޭނެކަމަށް ބުނާ މާއްދާ އެވެ.

ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގަތުމާއި މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ވަނީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުންނާއި، ކައުންސިލްތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކާ ގުޅޭ ހަމަތަކެކެވެ. އެގޮތުން ކައުންސިލްތަކުން ކުރާ ވިޔަފާރީގެ މަސައްކަތަކީ އެ ކައުންސިލެއް ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ވެގެން ނުވާނެކަމަށް އިސްލާހުގައި ވެއެވެ. އަދި އެ މަސައްކަތަކީ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައި ވުމާއި އެކު، ކައުންސިލްތަކުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް އިސްލާހުގައި ބަޔާންކުރެއެވެ.

އިސްލާހުގައި ގޮތުން މި އިސްލާހަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން، އިސްލާހުގައި ބަޔާން ކުރާ ހަމަތަކާއި ތައާރުޒުވާ އެފަދަ ވިޔަފާރިއެއް ކައުންސިލުން މިހާރު ކުރަމުންދާ ނަމަ، އެ އިސްލާހަށް އަމަލުކުރަންފަށާތާ 90 ދުވަހުގެ ތެރޭގައި އެފަދަ ވިޔަފާރި ހުއްޓާލަން ޖެހޭނެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ ކަމަށެވެ. އަދި ކައުންސިލްތަކަށް ދޫކުރާ އާމްދަނީއާ ބެހޭ ގޮތުން، އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ދޫކުރުމަށް ހިމަނާފައިވެ އެވެ.

އިސްލާހުގައި ގޮތުން ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ. އަދި އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ އެވެ.

މީގެއިތުރުން ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުގެ ދަށުން ނޫނީ ބައެއް ކަންކަން ފުރިހަމަކޮށްގެން ނުވާނެކަމަށް ވެއެވެ.

އޭގެ ތެރޭގައި ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުމުގެ އިތުރުން ކައުންސިލްތަކުން އެކަހަށައެޅިފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުމުގެ ބައިތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: