ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނީ ވަކީލެއްކަމަށް ހެދިގެން އުޅުނު މީހެއްގެ މައްސަލައެއް ފުލުހަށް!

ވަކީލުންތަކެއް ހުވާ ކުރަނީ: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ވަކީލުކަމުގެ ވަގު ސެޓްފިކެޓެއް ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކޮށްދޭން އެދި ދިވެހިރާއްޖޭގެ ބާ ކައުންސިލުން، ދިވެހި ފުލުހުންނަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މަސައްކަތްކުރާ ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ ޢަބްދުﷲ އާއި ގުޅޭގޮތުންނެވެ.

ބާ ކައުންސިލުން މި މައްސަލަ ބަލަން ފެށީ، ޢޫބާ ގާނޫނީ ވަކީލުކަމުގެ ހުއްދައަކީ ބާ ކައުންސިލުން ދޫކޮށްފައިވާ ހުއްދައެއްތޯ ބެލުމަށް އެ ކުންފުނިން ކައުންސިލަށް ހުށަހެޅުމުންނެވެ. އަދި ބާކައުންސިލުން މައްސަލަ ބެލުމުން އެނގުނު ގޮތުގައި އޭނާއަކީ އެއްވެސް އިރެއްގައި ވަކީލުކަމުގެ ހުއްދަ އޮތް މީހެއް ނޫނެވެ.

މައްސަލައިގައި ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، ތޫބާއަށް ވަކީލުކަމުގެ ހުއްދައެއް ނެތް ކަން ފާހަގަކުރެވުނު އިރު އޭނާގެ އަތުގައި ސުޕްރީމް ކޯޓުން ދޫކުރިކަމަށް ބުނާ ސެޓްފިކެޓެއް އޮތެވެ. ނަމަވެސް އެ ހުއްދައަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ނަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، ތައްޔާރުކޮށްފައިވާ ލިޔުމެއްކަން ހާމަވެފައިވާކަމަށް ކައުންސިލުން ބުންޏެވެ. 2020 ސެޕްޓެންބަރު 20 ގެ ތާހުގައި ސުޕްރީމް ކޯޓުން ދޫކުރިކަމަށް ބުނާ އެ ލިއުމުގައި ހިމަނާފައިވާ ފަނޑިޔާރުގެ ސޮއިއަކީ އެ ތާރީހުގައި ފަނޑިޔާރުކަމުގައި ހުންނެވި ބޭފުޅެއް ނޫނެވެ.

2019 ގައި ދިވެހިރާއްޖޭގެ ބާ ކައުންސިލް ވުޖޫދުވުމަށް ފަހު، އެ ގާނޫނުގައިވާ ގޮތުގެމަތިން ވަކާލާތުކުރުމުގެ ހުއްދަ ދިނުމުގެ ބާރާއި ޒިންމާ މަތިކުރެވިފައިވާ ހަމައެކަނި އިދާރާއަކީ ބާ ކައުންސިލެވެ. ބާ ކައުންސިލުން ބުނި ގޮތުގައި ފޭކު ލިއުމެއް ތައްޔާރުކޮށްފައި ވާއިރު، ތޫބާއަކީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވެސް ހުއްދަ އޮތް ފަރާތެއް ނޫނެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން އޭނާއަކީ ގާނޫނީ ވަކީލެއްކަމަށް އާންމުންނަށް ގަބޫލު ކުރެވޭނެ ފަދައަކުން ދެއްކުމާއި، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް ގާނޫނީ ހިދުމަތް ދިނުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މަނާކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: