ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ ދުވާރު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެ ސަރަހައްދުގެ ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.

މިއީ، 4000 ފްލެޓުގައި އަލަށް މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި އަސާސީ ވަސީލަތްތައް ގާއިމްކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

އެގޮތުން، ދެވަނަ ފިޔަވަހީގެ ނިރޮޅުމަގު، ޒޯން 1 އަދި ޒޯން 2 ގެ ދުވާރު ހެދުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާއިރު، ޒޯން 1 ގެ %75 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ޒޯން 2 ގެ %58 މަސައްކަތް ވަނީ ނިމިފައެވެ. ޒޯން 1 އަދި 2 ގެ ދުވާރު ހެދުމުގެ މަސައްކަތް މިއަންނަ މަހުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ. އޭގެ އިތުރުން ޒޯން 3 ގެ ދުވާރު ހެދުމުގެ މަސައްކަތް ފެށުމަށް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ދުވާރު ހެދުމުގެ މަސައްކަތުގެ އިތުރުން، ދެވަނަ ފިޔަވަހީގައި ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ޖުމްލަ 5 ބަސްސްޓޮޕް ގާއިމްކުރުމުގެ މަސައްކަތްވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

އެގޮތުން އެ ސަރަހައްދުގެ ނިރޮޅުމަގުގެ ބަސް ސްޓޮޕްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ދެވަނަ ބަސް ސްޓޮޕް، އެ ސަރަހައްދުގެ ހިތިގަސް މަގުގައި ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ބަސް ސްޓޮޕްގެ މަސައްކަތް ވެސް މި މަހުގެ ނިޔަލަށް ނިންމާލެވޭނެއެވެ.

4000 ފްލެޓްގެ މަޝްރޫއަކީ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫއެއްކަމުގައިވާއިރު، މި ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ގާއިމްކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށްވެސް ހިތްފަސޭހަ ތަނަކަށް ހެދުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: