ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ވާހަކަ ދެއްކެވިނަމަވެސް، ފިތުނަ އުފެއްދުމަކީ ބަލައިގަނެވޭ ކަމެއް ނޫން: އިބްރާހިމް ދީދި

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ވާހަކަ ދެއްކުމަކުން މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ތެލަސީމިއާ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، ޤާނޫނުއަސާސީން ލިބިދޭ ފުރުސަތުތަކުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އެގޮތުން މީގެ ކުރީގެ މަޖިލިސްތަކުގައިވެސް އިތުރަށް ވިސްނުމަށް އެދި ރައީސް އަނބުރާ ފޮނުވާލައްވާފައިވާ ބިލުތަކަށް އިތުރު ދިރާސާތައް ކުރެވިފައިވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ވީއިރު، ތެލަސީމިއާ ބިލުވެސް ރައީސް އަނބުރާ ފޮނުވާލެއްވުމުން އެކަމަށް އިތުރު ދިރާސާތައް މަޖިލީހުން ނުކުރެވެންވީ ސަބަބެއް ނެތްކަން ފާހަގަ ކުރައްވައި މެމްބަރު ވަނީ ސިޔާސީ ވާހަކަ ދެއްކެވި ނަމަވެސް، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާނުލެއްވުމަށް އިދިކޮޅު މެމްބަރުންގެ ކިބައިން އެދިލައްވާފައެވެ.

ސިޔާސީ ބޭފުޅުން ސިޔާސީ ވާހަކަވެސް ދައްކަންވީ، އެހެންނަމަވެސް ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ދެއްކުމަކީ އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ، ހަގީގަތާ ޚިލާފު ވާހަކަ ދެކެވިގެން ނުވާނެ

ރައީސް މި ބިލު އަނބުރާ ފޮނުވާލެއްވީ ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީއެވެ.

އެކަމާ ގުޅޭގޮތުން މެމްބަރު ވިދާޅުވީ، ރައީސް ކަންކަމުގައި ހިޔާލާ މަޝްވަރާ ހޯއްދެވުންވެސް މިހާރު ބައެއް ފަރާތްތަކަށް ގޯސްވެފައިވާ ކަމަށެވެ. އެގޮތުން ރައީސް ރައްޔިތުންގެ ގާތަށް ވަޑައިގެން ހިޔާލާއި މަޝްވަރާ ހޯއްދެވުމަށްފަހު ބިލެއް އަނބުރާ ފުރިހަމަ ކުރެއްވުމަށްޓަކައި މަޖިލީހަށް ފޮނުއްވެވުމަކީ މައްސަލައެއް ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ޤާނޫނު ހަދަނީ މަޖިލިސް އިދާރާއިން ކަމަށާއި، މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު އަދާކުރުމުގައި ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭގޮތަށް ކަންކަން ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރު ވަނީ އަބުރު ރައްކާތެރި ކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: