ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ރެގިއުލޭޓު ކުރާ ބިލާ ދެކޮޅަށް ނޫސްވެރިންގެ އިހުތިޖާޖެއް!

ނޫސްވެރިން ކުރި އިހުތިޖާޖެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޓް ކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކޮށް ނޫސްވެރިން ރައްޔިތުންގެ މަޖިލިސް އިދާރާ ސަރަޙައްދުގައި އިހުތިޖާޖުކޮށްފިއެވެ.

ބުދަ ދުވަހު މި ބިލުގެ ބަހުސް ކުރިއަށްދިޔަ ވަގުތު ނޫސްވެރިން ވަނީ އެ ސަރަޙައްދަށް އެއްވެ، ބިލާ ގުޅޭގޮތުން އިހުތިޖާޖުކޮށްފައެވެ. އެގޮތުން އެކި ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނޫސްވެރިން އެ ސަރަޙައްދުގައި އިހުތިޖާޖުކޮށްފައިވެއެވެ.

އެ ސަރަޙައްދަށް އެއްވި ނޫސްވެރިން ވަނީ މި ބިލު އަނބުރާ ފޮނުވާލުމަށް ގޮވާލާފައެވެ. އަދި މިއީ މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭ ޒާތުގެ ބިލެއްކަމަށް ނޫސްވެރިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެމްޑީޕީގެ އިސްވެރިންނާއި އެމްޑީޕީގެ އެކި މެމްބަރުންވެސް މި އިހުތިޖާޖުގައި ބައިވެރިވެ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

މި ބިލާ ގުޅޭގޮތުން ރައީސް ޑރ މުޙައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ރައީސް ވިދާޅުވީ މީޑިއާތަކާއި ގުޅޭގޮތުން އަމިއްލަ މެމްބަރަކު ހުށަހަޅާފައިވާ ބިލެއްގެ މައުލޫމާތު އެމަނިކުފާނަށް ލިބިފައިވާކަމަށެވެ.

މީޑިއާ ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ، ކޮމިޝަނުގެ ރައީސް އައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ބުނެ އެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެފަދަ އެއްވެސް ވިސްނުމެއް ނެތްކަމަށާއި، އެފަދަ ނިސްނުމެއް ނާންނާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާޏު ބޭނުންފުޅު ވަނީ މަޖިލީހުގައި އެ ބިލުގެ މަސައްކަތް ކުރިޔަށް ދާނަމަ އެއަށް އިސްލާހެއް ގެނެސް، ކޮމިޝަންގެ ރައީސް ކޮމިޝަންގެ މެންބަރުންގެ ވޯޓުން އިންތިހާބުކޮށް ހޮވާ ގޮތަށް ހެދުމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މީޑިއާތަކަށް އެއްވެސް ނުފޫޒެއް ފޯރުވާ ބަޔަކަށް ވުމަކަށް ސަރުކާރު ބޭނުން ނުވާ ކަމަށާއި، މީޑިއާ ވާން ޖެހޭނީ މިނިވަންކަމާއެކީ އޮޕަރޭޓްކުރާ ތަނަކަށް ކަމަށެވެ.

ބިލުގެ ބައެއް މާއްދާތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހަތް މެމްބަރުންގެ އެ ކޮމިޝަން އުފެދިގެން އަންނަ ގޮތަށް އޮތީ ހަތަރު މެމްބަރުން މީޑިއާތަކުގެ ވޯޓާއި އެކު އިންތިހާބު ކުރާ ގޮތަށް ކަމަށެވެ. އަދި ދެން ތިބި ތިން މެމްބަރުން ރައްޔިތުންގެ މަޖިލީުން ވޯޓުލައި ހޮވާއިރު ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ކޮމިޝަނުގެ މެމްބަރުން މީޑިއާތަކުގެ ވޯޓާއި އެކު އިންތިހާބުވެގެން އައުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: