ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ރެގިއުލޭޓަރީ ބިލަކީ މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ހުށަހަޅާފައިވާ ބިލެއް: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޓަރީ ބިލަކީ މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ހުށަހަޅާފައިވާ ބިލެއްކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި މީޑިއާ ރެގިއުލޭޓަރީ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ، މި ބިލަކީ މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ހުށަހެޅިފައިވާ ބިލެއް ކަމަށެވެ.

މިއީ މިނިވަން މީޑިއާ ނެތިކޮށްލަން ނޫނީ މީޑިއާ މަނާކުރުމަށް ހުށަހެޅިފައިވާ ބިލެއްގެ ގޮތުގައި އަޅުގަނޑަށް ސިފަ ކުރެވެނީ

ޒިޔާދު ވިދާޅުވީ، ދައުލަތުގެ 4 ވަނަ ބާރުގެ ވާހަކަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، އެއީ ޑިމޮކްރަސީގައި މުހިއްމު ބާރެއް ކަމަށެވެ. އަދި ވިދާޅުވީ، މިނިވަން ނޫސްވެރިކަމަށް ޙަމަލާތައް އަންނަމުންދާ ކަމަށެވެ.

މެމްބަރު ޒިޔާދު ވިދާޅުވީ، މިނިވަން ނޫސްވެރިކަން ބަންދު ކުރުމަށްޓަކައި ކުރެވޭނެ ހުރިހާ ކަމެއް މި ބިލުގައި ހިމެނިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އިސްލާޙެއް ހުށަހަޅައިގެންވެސް މި ބިލު އިސްލާޙު ކުރެވިދާނެކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

މިނިވަން ނޫސްވެރިކަން ބަންދު ކުރަން ކުރެވޭނެ ހުރިހާ ކަމެއް މި ބިލުގައި އެބައޮތް

ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވެފައިވާއިރު، އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ، އެކަމުގައި ރައީސް ހައްދަވަމުން ގެންދަވަނީ އިތުރުފުޅު ކަމަށެވެ. އެގޮތަށް އެކިއެކި މިނިވަން މުއައްސަސާތަކަށްވެސް ސަރުކާރުން ބޭނުންވާ ބަދަލުތައް ގެނެސްފައިވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ، ކޮންމެ ކަމެއް ކުރިނަމަވެސް، ރާއްޖޭގައި މިނިވަން ނޫސްވެރިކަން ކުރުން ނުހުއްޓުވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: