އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ސަރުކާރުން ހުޅުއްވާލައްވައިފިއެވެ.
މި ފުރުސަތު ހުޅުއްވާލައްވައިފައި ވަނީ މިއަދުން ފެށިގެން 16 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ފުރުސަތު ހުޅުއްވާލައްވާފައި މިވަނީ އެ ކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު 24 ނޮވެންބަރު 2019 އަށް ހަމަވާތީއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްhttps://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

