ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން މީޑިއާ ރެގިއުލޭޝަން ގާނޫނެއް ފާސްކުރިނަމަ ޕީއެންސީގެ ވެރިކަމެއް ނޯންނާނެ: އަމީން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދައިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

19ވަނަ މަޖިލީހުގެ ދައުރުގައި މީޑިއާ ރެގިއުލޭޝަން ގާނޫނެއް ފާސްކުރިނަމަ މިއަދު ޕީއެންސީގެ ވެރިކަމެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު އަމީން ވިދާޅުވީ، ފުރިހަމަ ޑިމޮކްރެސީއެއްގައި ދުލާ ގަލަމުގެ މިނިވަންކަމަކީ މުހިންމު ބާރެއްގެ ގޮތުގައި ދެކޭކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ބިލެއް މަޖިލީހަށް ހުށައެޅިފައިވާ ކަމުގެ މަސްލަހަތު ހިމެނޭ ފަރާތްތަކާއި މަޝްވަރާނުކުރެވި ހުށައެޅިފައިވުން ކުށްވެރިކުރައްވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ކޮމިޓީ މަރުހަލާގެ ކުރިން ބިލާއި ގުޅޭގޮތުން މީޑިއާތަކާއި މަޝްވަރާކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ބިލުގައި ހިމެނޭ މުހިންމު މާއްދާތަކުގެ މައްޗަށް ނޫސްވެރިންގެ މަޝްވަރާ ހޯދުމަށްފަހު ބިލު މަޖިލީހަށް ގެނައުން ރަނގަޅުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

އަމީން ވިދާޅުވީ، ބިލު ހުށައެޅުމާއި ގުޅިގެން އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނީ އެގޮތުގެ މަތިން އަމަލުކޮށްގެންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ބިލު ހުށައެޅުމާއި ގުޅިގެން ނޫސްވެރިންދަނީ މަގުތަކަށް ނުކުމެއާއި ސޯޝަލްމީޑިއާގެ އިތުރުން ޓީވީ މެދުވެރިކޮށްވެސް ކަންބޮޑުވުން ފާޅުކުރަމުންކަމަށް އަލިއެޅުއްވިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުއަކީ ކަންބޮޑުވުންތަކުގެ އަޑުއައްސަވާ ބޭފުޅެއްކަމަށް ޕީއެންސީގެ މެމްބަރު ސިފަކުރަމުންދާކަމަށް އިޝާރާތްކުރައްވާ އަމީން ވިދާޅުވީ، ސީނިއާ މީޑިއާ ޝަހުސިއްޔަތުތަކުންދަނީ ކަންބޮޑުވުންތައް ހިއްސާކުރަމުންކަމަށާއި އެހެންކަމުން އެ އަޑުތައް އެއްސެވުމަށް ރައީސްއަށް ގޮވާލެއްވިއެވެ.

އަމީން ވިދާޅުވީ، އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމަށް ރައީސްގެ ކިބައިން އެދިވަޑައިގަންނަވާކަމަށާއި މީޑިއާތަކުން ހާމަކުރަމުންދާ ކަންބޮޑުވުންތައް މުހިންމުކަން ބިލު ހުށައެޅުއްވި މެމްބަރާއި ތާއީދުކުރައްވާ ބޭފުޅުންވެސް ބަލައިގަންނަންޖެހޭކަމަށެވެ. އަދި ބިލު މަޖިލީހުން އަނބުރާ ގެންދިއުމަށްފަހު އެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ގެނައުން މުހިންމުކަމަށާއި ނިމިދިޔަ ދައުރުގައި މިފަދަ ބިލެއް މަޖިލީހުން ފާސްކުރިނަމަ މިއަދު ޕީއެންސީގެ ވެރިކަމެއް ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، މިއަދު މަޖިލީހުގައި ތިއްބެވި ބައެއް މެމްބަރުންވެސް ތިއްބަވާނީ ޖަލުގައިކަމަށާއި އަބުރަށް އަރައިގަތުމަކީ ބަލައިގަންނަ ކަމެއް ނޫންކަމަށްވާއިރު މިހާރުވެސް އެފަދަ އަމަލުތަކާއި ދެކޮޅަށް ގާނޫނީގޮތުން އެޅޭނެ ފިޔަވަޅުތައް ހުރިކަމަށް އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: