ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޝީ ޖިންގްޕިންގް ރައީސް މުއިއްޒުއާއި ބައްދަލުކުރައްވައިފި

ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާއި ބައްދަލުކުރައްވައިފިއެވެ.

ޗައިނާގެ ރައީސްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ މައުލޫމާތު ހިއްސާކުރައްވައި އާންމުކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އެ ގައުމަށް ވަޑައިގަތުމުން ކިޔާފައިވާ ހޫނު މަރުހަބާއަށް އުފާކުރައްވާކަމަށެވެ. އަދި އެ ގައުމުގެ ރައީސް ޝީ އާއި ބައްދަލުކުރެއްވިފައިވާކަމަށާއި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އަވަސްކުރުމާއި އިތުރު މަސައްކަތްތައް ފެށުމާއި ގުޅޭގޮތުންވެސް ވާހަކަދެކެވުނުކަމަށެވެ.

ރައީސް ވިދާޅުވިގޮތުން ތަރައްގީގެ މި ވަރުގަދަ ގުޅުން ބިނާވެފައިވަނީ އެތައް ޒަމާނެއްގެ މަތިން ދެ ގައުމުން ދަމަހައްޓާފައިވާ އެކުވެރި ގުޅުމާއި ހެޔޮ އެދުންތަކުގެ މައްޗަށްކަމަށެވެ. އަދި ރައީސް ޝީ އާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން މި ގޮތުގެ މަތީގައި ދެ ގައުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އަޒުމު އައު ކުރެވިފައިވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕުގެ ދަށުން ދެގައުމުގެ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. މިއީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅެވެ.

މަޝްވަރާގެ ތެރެއިން މައިގަނޑު ގޮތެއްގައި އަލިއެޅިގެންދިޔައީ އިގްތިސާދީގޮތުން ތަަރައްގީތައް ގެނައުމާއި ވިޔަފާރިއާއި އިންވެސްޓުމެންޓުގެ އިތުރުން ސަލާމަތީ މަސައްކަތްތަކާއި ރައްޔިތުންގެ ދެމެދު ކުރެވޭ މުއާމަލާތްތައް އިތުރުކުރުމާއި ގުޅޭގޮތުންކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ. އަދި މި ބައްދަލުވުމުގައި އެ ގައުމުގެ ރައީސް ޝީ ވެސްވަނީ ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށާއި އަމާޒެއްގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ދެމެދު އޮތް ގުޅުން ދެމެހެއްޓިފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: