ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްސީއޯ ސަމިޓުގެ ތެރެއިން ރައީސް މުއިއްޒާއި، މޯދީގެ ބައްދަލުވުމެއް!

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފި އެވެ.

ރައީސް މުއިއްޒު މިވަގުތު ޗައިނާގައި ހުންނެވީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ބައްދަލު ކުރެއްވުން ކުރިޔަށް ގެންގޮސްފައި ވަނީ އެސްއީއޯ ސަމިޓުގެ ތެރެއިންނެވެ.

އިންޑިއާއި، ރާއްޖެ ދެމެދު އޮތީ ގާތް ގުޅުމެއްކަމަށް ފާހަގަކުރައްވައި، ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމުގެ ފޮޓޯ އާންމު ކުރެއްވީ މޯދީ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓުގައި މޯދީ ވިދާޅުވެފައި ވަނީ، ތަރައްގީއަށް ކުރަމުންދާ މަސައްކަތުގައި އޭގެ ސަބަބުން ރައްޔިތުންނަށް ނުހަނު ފައިދާ ކުރާކަމަށެވެ.

ރައީސް މުއިއްޒާއި، ބޮޑުވަޒީރު މޯދީ އެންމެ ފަހުން ބައްދަލު ކުރައްވާފައި ވަނީ ރާއްޖޭގެ މިނިވަން ދުވަހާއި ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ކުރިޔަށް ގެންދިޔަ ރަސްމީ ހަރަކާތަތަކުގެ ތެރެއިންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށް ދިޔަ ބައްދަލުވުންތަކަށް ފަހު، އޮތް ޕްރެސް ސްޓޭޓްމަންޓުގައި މޯދީ ވަނީ އިގްތިސާދީ ގޮތުންޖެހުންތަކުން އަރައިގަތުމުގައި އެ ގައުމުގެ އެހީ ރާއްޖެއަށް ފޯރުކޮށްދެމުން ދާނެކަމަށް ހާމަކުރައްވާފަ އެވެ.

އެ ދަތުރުފުޅުގައި ތިން ދާއިރާއެއްގެ ތެރެއިން އެމްއޯޔޫތަކުގައި ސޮއި ކުރުމާއި އެކު، ރާއްޖެ – އިންޑިއާ ފްރީ ޓްރޭޑު އެގްރިމަންޓުގެ މަޝްވަރާތައް ވަނީ އިއުލާނުކޮށްފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ވެސް ސޮއި ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: