ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ރެގިއުލޭޓަރީ ބިލުގެ ބޭނުމަކީ ސަރުކާރު ބޭނުންވާ ހަބަރުތައް ގެނައުން: އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދައިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޓަރީ ބިލާއި ގުޅިގެން، ކުރީގެ ނޫސްވެރިޔާ، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ދިން މެސެޖުން، މީޑިއާ ރެގިއުލޭތަރީ ބިލުގެ ނުރައްކާތެރިކަން ހާމަވެގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަންޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގުރާމުގައި މީޑިއާ ރެގިއުލޭޝަން ބިލާއި ގުޅޭގޮތުން އަމީން ވިދާޅުވީ، މީޑިއާ ރެގިއުލޭޓަރީ ބިލު މަޖިލީހަށް ހުށަހަޅިގެން އައި ގޮތަކީ ވަރަށް ނުރައްކާތެރި ގޮތެއްކަމަށެވެ. އެގޮތުން، މި ބިލުގެ ބަހުސް މަރުހަލާގައި، ވެރިކަން ކުރާ ޕާޓީއާއި މައިނޯރިޓީ ޕާޓީގެ އިތުރުން މިނިވަން ޕާޓީގެ މެމްބަރުންވެސް އެކަން ފާހަގަކުރެއްވިކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، މީޑިއާ ބިލު މަޖިލީހަށް ފޮނުވާފައި ވަނީ ވެސް ވަރަށް ގޯސް މަގުސަދެއްގައި ކަމަށެވެ. އަދި މި ބިލުގެ މައިގަނޑު މަގްސަދަކީ، މީޑިއާތަށް ރެގިއުލޭޓްކުރުމުގެ ބަދަލުގައި، ސިޔާސީ ގޮތުން، މީޑިއާތަށް ކޮންޓްރޯލްކޮށް ތަޅުއެޅުވުމަށްކަމުގައި އަމީން ވިދާޅުވި އެވެ.

މި ބޭފުޅުން ބޭނުންވާ ހަބަރެއް ބޭނުން ފުޅުވެލައްވާ ގޮތަކަށް… މެނުވީ ކުރިއަށް އޮތް ތަނުގަ ރާއްޖޭގެ މީޑިއާތަށް މެދުވެރިކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދޭން މަގުފަހިކުރުމުގެ ގޮތުން… އޭގެ ފުރަތަމަ މަރުހަލެ މިއީ…

އަމީން ވިދާޅުވިގޮތުގައި، މީޑިއާ ރެގިއުލޭޓަރީ ބިލު މަޖިލީހަށް ހުށަހަޅާ، މި ބިލުގެ ވުޖޫދަށް ގެނައުމުގެ މަގްސަދަކީ، މީޑިއާތަކުން ލިޔާ ހަބަރުތައް، ސަރުކާރު ހިޔާރުކުރައްވާ ގޮތަށް މެނުވީ ހަބަރުތައް ރައްޔިތުންނާއި ހަމަޔަށް ފޮނުވުމެވެ. އަދި، މިއީ، އެކަން ހާސިލުކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، މީޑިއާ ރެގިއުލޭޓަރީ ބިލުގައި ހިމެނޭ ބައިތަކަށް ބަލާއިރު، އެ ބައިތަކާއި މެދު ކަންބޮޑުވާ ފަރާތްތަކުގެ ތެރޭގައި، މީޑިއާގައި މަސައްކަތްކުރާ ބޮޑު އިންސައްތައެއްގެ ބައެއް ހިމެނޭނެކަމަށެވެ. އަދި، ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރެއްވި ފަރާތްތަކާއި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިތުރުން ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ތެރޭގައި، އިންސާފާއި ހަމަހަމަކަމަށް ލޯބިކުރައްވާ ގިނަ މެމްބަރުން، މި ބިލާއި މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަމަށް އަމީން ވިދާޅުވިއެވެ.

ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން… ބަހުސް މަރުހަލާގައި… ޕީއެންސީގެވެސް.. މީ… މިދިޔަ ފަސް އަހަރުގަ.. މީޑިއާގަ ވަރަށް އެކްޓިވްކޮށް އުޅުއްވި… މެމްބަރެއް އަޒާން… ފާހަގަކޮށްފަ އޮންނާނެ… ގާނޫނެއް ހަދާއިރު… އަބަދު ވެރިކަމުގަ… ތިބޭނެ ކަމަށް.. ތިމަންނާމެން… ގާނޫނު ހެދުމަކީ.. ކުށެކޭ… އެ މެސެޖުން އެބަ އެންގޭ… މީގެ އެބަހުރިކަން…  އެބޭފުޅުން އިދިކޮޅަށް… ގޮއްސިއްޔާމުން… އެބޭފުޅުންނަށް… އަދަބު ލިބޭނެ.. ނޫނީ… އެބޭފުޅުން…. ނާ މެދު.. ފިޔަވަޅު.. އެޅޭނެ ވަރަށް ނުރައްކާތެރި.. ކަންތައްތަކެއް… މިއަދު… އެބޭފުޅުން އެ ޕޮއިންޓު ފާހަގަކުރާނީ ހަގީގަތުގަވެސް… މީގެ ވަރަށް ނުރައްކާތެރި ކަންބޮޑުވުންތަކެއް.. ހުރީމަކަމަށް.. އަޅުގަނޑު ގަބޫލުކުރަނީ… އެއީ އެބޭފުޅުންނަކީ… ހާއްސަކޮށް… އަޒާނަކީ…. އެމްޕީ އަޒާންއަކީ… މިދިޔަ ވެރިކަމުގަ… ވެރިކަން ކުރެއްވި ޕާޓީގެ މެމްބަރުންނަށް ވުރެ.. ގިނަ ވަގުތު… ރައީސްއާއި… ސުވާލުކުރުމާއި.. ރައީސްގެ ފަރާތުން… މައުލޫމާތު ހޯދުމާއި.. މިކަހަލަ ވަރަށް ގިނަ ކަންކަމަށް ފުރުސަތު ލިބުނު ބޭފުޅެއް… އެހެންވީމަ… އެހެރަ ދަތިތަކާއި… މިކަންކަން އިދިކޮޅަށް ގޮއްސިއްޔާމުން…  އަންނާނެ ވަރު އެބޭފުޅާއަށް އިހުސާސު ކުރެވޭތީ.. މަޖިލީސް ބަހުސްގައި.. މީ މިކަން ފާހަގަކުރެއްވީމަ… އަޅުގަނޑު ހިތައް އެރީ ހަގީގަތުގަވެސް… މިއީ ވަރަށް ނުރައްކާތެރި.. ބިލެއް ކަމުގަ ވީމައޭ.. އެގޮތަށް ފާހަގަކުރާނީ އިންގޭތޯ…

އަމީން ވިދާޅުވިގޮތުގައި، މީޑީއާ ބިލާއި ގުޅޭގޮތުން ބަހުސް ކުރެއްވި، ކުރިން މީޑިއާ ދާއިރާގައި ހަލުވިކޮށް މަސައްކަތްކުރެއްވި، މިހާރުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޒާން، ފާހަގަކުރެއްވި ގޮތުގައި، އަބަދު ވެރިކަމުގައި ތިބޭނެކަމަށް ދެކެ، ގާނޫނެއް ހެދުމަކީ، ކުށެކެވެ. އަދި، މި މެސެޖުން ހާމަވެގެން ދަނީ، މީޑިއާ ރެގިއުލޭޓަރީ ބިލުގެ ނުރައްކާތެރިކަންކަމަށް އަމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: