ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމް އާއި ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެއިން އެމެރިކާގެ އެހީއަށް އެދިއްޖެ!

މިނިސްޓަރ ޝާހިދު އެމެރިކާގެ ހާރިޖިއްޔާގެ އިސްބޭފުޅަކާއި ބައްދަލުކުރައްވަނިކޮށް.. ފޮޓޯ:ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމާއި، އިޤްތިޞާދީ ތަރައްޤީގެ އިތުރުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެމެރިކާގެ އެހީތެރިކަން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމެރިކާގެ ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއި އާދިއްތަ ދުވަހުގެ ރޭ  ބައްދަލުކުރައްވާފައި ވެއެވެ.

މިނިސްޓަރ ޝާހިދު ވަނީ ސްޓޭޓް ޑިޕާޓްމަންޓްގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ޑޭވިޑް ހޭލް އާއި އެކްޓިންގ އެސިސްޓަންޓް ސެކްރެޓަރީ ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއާ އެލައިސް ވެލްސްއާއި ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ސުލްހައިގެ މުހިއްމުކަމާއި، ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މައްޗަށް މަޝްވަރާކުރެވުނުކަމަށްވެސް މިނިސްޓަރ ޝާހިދުއާއި ހަވާލަދެއްވައި ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދީފައިވެއެވެ. 

މިއީ  މިނިސްޓަރ ޝާހިދު  އެމެރިކާގެ ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއި މިއަހަރު ބައްދަލުކުރެއްވި 3 ވަނަ ފަހަރެވެ.

ޝާހިދު ނިއުޔޯކަށް ވަޑައިގެންފައިމިވަނީ އދގެ އާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: