ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮންފަނު ފަރުގައި ޑައިވް ނުކުރެވޭ ގޮތަށް ކައުންސިލުން ނިންމި ނިންމުން އެލްޖީއޭ ބާތިލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ، ބ. ދޮންފަނު ކައުންސިލާއި އެކު ކުރިޔަށް ގެންދެވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް ނިންމާފައި ވާތީ ބ. ދޮންފަނު ކައުންސިލުން އެ ރަށުގެ ފަރުގައި ޑައިވްކުރުން މަނާކޮށް ނިންމި ނިންމުން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮންފަނު ހިއްކުމުގެ މަޝްރޫއު ކުރިޔަށް ނުގެންދިއުމަށް ނިންމެވީ، އެކަން ކޮށްފިނަމަ ގުދުރަތީ ގޮތުން މުއްސަނދި، އަދި ފަތުރުވެރިންގެ މަގުބޫލު މަންޒިލެއް ކަމަށްވާ ހަނިފަރު ބޭއަށް ލިބޭނެ ގެއްލުންތައް ފާހަގަކޮށް ދިޔަ ސޯޝަލް މީޑިއާ ކެމްޕެއިންތަކާއި ގުޅިގެންނެވެ.

މި މައްސަލައިގައި އެލްޖީއޭއިން ބުނީ، ކައުންސިލްގެ ނިންމުމަކީ ލާމަރުކަޒީ ގާނޫނުގެ 56 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށާއި، ގާނޫނަކުން މަނާނޫން ކަންކަން ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ލިބިފައިވާތީ މިފަދަ ނިންމުމެއް ނިންމުމުގެ ބާރު ކައުންސިލަށް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެންގުން ބާތިލުކުރަން އެލްޖީއޭއިން ވަނީ އަންގާފައެވެ.

އެލްޖީއޭއިން ބުނެފައިވަނީ، ލާމަރުކަޒީ ގާނޫނުގައި ގުދުރަތީގޮތުން ރައްކާތެރިކުރަންޖެހޭ ތަންތަން ފިޔަވައި އެހެން ސަރަހައްދުތަކުގައި، ގާނޫނަކުން މަނާނުކުރާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި ބުނީ ދޮންފަނު ކައުންސިލުން އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކުރި ނިންމުން ގާނޫނާއި ހިލާފުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް މިފަހުން ކުރެއްވި ދަތުރުފުޅުގައި ދޮންފަނުން 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފަ އެވެ. އެހެން ނަމަވެސް، މި މަޝްރޫއުގެ ސަބަބުން ދޮންފަނާއި ޖެހިގެންއޮތް ބަޔޯސްފިއަރ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ ހަލާކުވެދާނެކަމަށް ތިމާވެއްޓާއި، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: