ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަޕޯޓަރުންގެ ކިބައިން ޓްރަމްޕު އެދެނީ އަނިޔާވެރިކަމާއި ދުރުވުމަށް

އެމެރިކާގެ ރައީސް ޓްރަމްޕު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންސަވޭޓިވް ޕާޓީގެ އިސް އެކްޓިވިސްޓެއްކަމަށްވާ ޗާލީ ކާކް މަރާލި މައްސަލައިގައި ބަދަލުހިފުމަށް އަނިޔާވެރިކަމާއި ދިމާލަށް މިސްރާބު ނުޖެހުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގޮވާލައްވައިފިއެވެ.

އިސްރާއީލުގެ ނަމުގައި ވަކާލާތުކުރުމަށް މަޝްހޫރު ޓްރަމްޕުގެ މަދަދުގާރެއްކަމަށްވާ ކޮންސަރވޭޓިވް އެކްޓިވިސްޓު ޗާލީ ކާކްގެ ގަޔަށް ބަޑި ޖަހައި މަރާލުމާއިއެކު އެމެރިކާގެ ސިޔާސީ މަސްރަހު ހޫނެވފައިވާއިރު ޓްރަމްޕުވަނީ އެ ގައުމުގެ މިސްރާބާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އޭނާއަށް ތާއީދުކުރައްވާ ފަރާތްތަކުގެ ކިބައިން އަނިޔާވެރި އަމަލުތައް ފެނުމަށް ނޭދޭކަމަށްވެސް އިޝާރާތްކުރެއްވިއެވެ.

އަމިއްލަ ނަފްސުގެ ރައްކައުތެރިކަމާއިމެދު ނުތަނަވަސްކަމެއް އޮތްތޯ އެމެރިކާގެ ނޫސްވެރިންވަނީ ޓްރަމްޕާއި ސުވާލުކޮށްފައެވެ. އެކަމަށް ޖަވާބުދެއްވަމުން ޓްރަމްޕު ވިދާޅުވީ، އޭނާ ކަންބޮޑުވެވަޑައިގަންނަވަނީ ގައުމާއިމެދުކަމަށެވެ. އަދި އެއީ ވަރުގަދަ ރަނގަޅު ގައުމެއްކަމަށްވާއިރު ވާތު ފިޔައިގެ ހަރުކަށި ފިކުރުގެ ބަޔަކުވެސް ދިރިއުޅޭކަމަށެވެ. އެހެންކަމުން އެ މައްސަލައަށް ހައްލެއް ގެންނަވާނެކަމަށާއި އޭނާގެ ކަންބޮޑުވުމެއް އޮތީ ހަމައެކަނި ގައުމާއިމެދުކަމަށެވެ.

އެ މައްސަލައިގައި ސަޕޯޓަރުން އަމަލުކުރަންވީ ގޮތާއިމެދު ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވީ، އޭނާއަކީ އަނިޔާވެރިކަމާއި ދުރަށްޖެހި ސުލްހަ އިސްކުރުމަށް ވަކާލާތުކުރައްވާ މީހެއްކަމަށެވެ. އެހެންކަމުން ރައްޔިތުން މިކަމުގައި އަމަލުކުރަންވެސް އެދެނީ އެފަދަ ގޮތެއްގެ މަތިންކަމަށެވެ.

ޓްރަމްޕުގެ ސަރުކާރުގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ފެނިގެންދާ އެކްޓިވިސްޓު ކާކް މަރާލީ ޔޫޓާ ވެލީ ޔުނިވާސިޓީގައި އޮތް އިވެންޓެއްގައި މަސައްކަތްކުރަމުންދަނިކޮށެވެ. އޭނާ މަރާލި މީހާ ހޯދުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާއިރު ބޭނުންކުރިކަމަށް ބެލެވޭ ހަތިޔާރު ފެނިފައިވާކަމަށް ކަމާއިބެހޭ އިދާރާތަކުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. މި އަމަލު ހިންގާފައިވަނީ ކޮލެޖަށްދާ އުމުރުގެ މީހެއްކަމަށް ބެލެވޭކަމަށްވެސް ބުނެފައިވާއިރު ފޮޓޯއެއްވެސް އާންމުކޮށްފައިވެއެވެ.

މީހަކު ހައްޔަރުކުރުމުގައި ލަސްތަކެއް ވެގެންދިއުމާއި ގުޅޭގޮތުން ޓްރަމްޕާއި ސުވާލުކުރުން އޭނާ ވިދާޅުވީ، ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން ކަންކަން ވެގެންދާ ގޮތް ބަލަން އިންތިޒާރުކުރުމަށް އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: