ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ މިނިވަން ދައުލަތެއް ނޯންނާނެ: ނެތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ނަމުގައި މިނިވަން ދައުލަތެއް ގާއިމުނުވާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ.

އިސްރާއީލުންގެ ސިފައިން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދެއްގެ މައްޗަށް ފުރިހަމަ ބާރުވެރިކަން ހާސިލުވުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާއެއްގައި ނެތަންޔާހޫވަނީ ފަލަސްތީނު މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލަމުންދާ ފަރާތްތަކަށް ރައްދުދީފައެވެ. އޭނާ ބުނެފައިވާގޮތުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުކުރެވޭނެއެވެ. ފަލަސްތީނު މިނިވަންކުރުމަށް ގޮވާލަމުންދާ ގައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތާއި ކެނެޑާވެސް ހިމެނޭއިރު އދއަށް މިކަން ހުށައެޅުމަށްވެސް ތައްޔާރުވަމުންދާކަން ފާހަގަކުރެވެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ އަތުން އަތުލާފައިވާ ބިމުގައި ދުވަސްތަކެއް ފަހުން އިސްރާއީލުގެ 70،000 ވަރަކަށް ރައްޔިތުން ދިރިއުޅޭނެކަމަށް ނެތަންޔާހޫ އިޝާރާތްކުރިއެވެ. އަދި ފަލަސްތީނުގެ ދައުލަތެއް ނޯންނާނެކަން ތަކުރާރުކުރިއެވެ. އޭނާ ބުނީ ހިފާފައިވާ ބިމަކީ އިސްރާއީލުގެ ތަނެއްކަމަށާއި އެއީ ތަރިކައިން ބައެއްކަމަށާއި އެއީ އެ ގައުމުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ބޭނުންތެރި ނިންމުމެއްކަމަށެވެ.

ފްރާންސާއި ކެނެޑާ އަދި އިނގިރޭސިވިލާތުންވެސްވަނީ އެ ގައުމުތަކުން އދގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމަށް ތައްޔާރުވެފައިވާކަން އިއުލާނުކޮށްފައެވެ. އިސްރާއީލުގެ ފޮރިން މިނިސްޓްރީންވަނީ މިކަން ކުށްވެރިކޮށްފައެވެ. ކެނެޑާއިން މީގެ ކުރިން އިސްރާއީލަށް ތާއީދުކުރިކަމަށް އިޝާރާތްކޮށް އެ ގައުމުން ބުނީ ސިޔާސަތަށް ގެނެސްފައިވާ ބަދަލަކީ ހަމާސްއަށް ހިތްވަރު ލިބިގެންދާނެ އަމަލެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ސުލްހަ ގާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިގެންދާކަމަށެވެ.

އިސްރާއީލުން ފާހަގަކޮށްފައިވަނީ ޖެރޫސެލަމްއާއި 7 މޭލު ދުރުގައި އޮތް ސަރަހައްދެއްގެ މައްޗަށް ބާރުވެރިވެގަނެ އެ ސަރަހައްދު އިތުރަށް ފުޅާކުރެވިގެންދިއުމެވެ. މިހާރު އިސްރާއީލުންވަނީ އެތަނުގައި ބޯހިޔާވަހިކަން ގާއިމުކޮށް ބޮޑެތި ބަދަލުތައް ގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: