ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތް ހިނގާ މައްސަލައަކަށް ނުފޫޒު ފޯރުވާތީ މީހަކު ހައްޔަރުކޮށް، ދެ މީހެއްގެ ޑިޖިޓަލް ޑިވައިސް ހިފަހައްޓައިފި

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ހެކީންނަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތު ކުރެވޭތީ، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

މާލޭގައި ހިންގި ޓެރަރިޒަމާއި ގުޅުން ހުރި އެ އޮޕަރޭޝަނާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ. އެހެން ނަމަވެސް އެއީ އެފަދަ މައްސަލައަކާއި ގުޅުން ހުރި އޮޕަރޭޝަނެއްކަމަށް ބެލެވެނީ، ބަލައި ފާސްކުރި ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައީ ސްވަޓް ފުލުހުންކަމަށް ވާތީ ވާތީ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މައްސަލައިގައި 34 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް އޭނާ ދިރިއުޅޭ ތަން ވެސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާކަމަށެވެ. އަދި ތަހުގީގުގެ ބޭނުމަށް އޭނާގެ ޑިޖިޓަލް ޑިވައިސިސްތައް ހިފަހައްޓާފައިވާކަމަށް ބުންޏެވެ.

މައްސަލައިގައި ހައްޔަރު ކުރީ އެކަކު ނަމަވެސް، އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ، އަދި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި ދެން އެންމެ ފަހުން ޓެރަރިޒަމާއި ގުޅުން ހުރި ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައި ވަނީ މިދިޔަ ރޯދަ މަހުގެ ތެރޭގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: